ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އަލުން އެކުލަވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސަވާފައިވަނީ އެ މިނިސްޓްރީގެ މުޙައްމަދު ޝިފާޙެވެ.

އަލުން އެކުލަވާލި ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގައި ހިމެނޭ މެންބަރުން
މި ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެނިހެން ބޭފުޅުންނަކީ:
އަޖުވަދު މުސްޠަފާ (ޕާމަނަންޓް ސެކްރެޓަރީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީ)
ޑރ. މުޙައްމަދު ކިނާނަތު (ސްޓޭޓް މިނިސްޓަރު، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ)
ޑރ. މުޙައްމަދު ޢާދިލް (ޑެޕިއުޓީ ރެކްޓަރ، ވިލާ ކޮލެޖް / ޕްރައިވެޓް ސެކްޓަރގެ މަންދޫބު)
މާޝާ ލުޠުފީ (ޕްރައިވެޓް ސެކްޓަރގެ މަންދޫބު)
ފާޠިމަތު ނުޒުހާ (މިނިސްޓްރީ އޮފް ފިނޭންސް)
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ޕަބްލިކް ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމުގެ މަޤްޞަދުގައި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެންމެ ފުރަތަމަ އުފައްދާފައިވަނީ 23 ފެބްރުއަރީ 2020 ގައެވެ.
މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ހިނގަނީ އިންސާފުވެރިކަމާއި، ދެފުށް ފެންނަ ގޮތެއްގައިކަން ކަށަވަރުކުރުމާއި، ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތަކާއި އުޞޫލުތައް އެކުލަވާލައި އިޞްލާޙުކުރުން ހިމެނެއެވެ. މީގެއިތުރުން، ދައުލަތުގެ މުއައްސަސާތަކުން މުދަލާއި ޚިދުމަތް ހޯދުމުގައްޔާއި ކޮންޓްރެކްޓްތައް ހަވާލުކުރުމުގައި މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ މޮނިޓަރކޮށް، މުޅި ޕްރޮކިއުމަންޓް ނިޒާމުގެ ހިންގުން އިތުރަށް ހަރުދަނާކުރުންވެސް މި ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބޯޑު އަލުން އެކުލަވާލުމާއެކު، ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދުތަކުގެ ޒިންމާދާރުކަން އިތުރުވެ، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ. އަދި ވާދަވެރި އަދި ހަމަހަމަ މާހައުލެއްގައި ވިޔަފާރިތަކަށް ސަރުކާރުގެ ޕްރޮކިއުމަންޓް ފުރުޞަތުތައް ފަހިވެ، ދައުލަތުގެ މާލީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު