ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ބޭރުގެ ޓުއާ އޮޕަރޭޓަރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީކުރުން ލާޒިމުކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބުނެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މީރާގެ މި ނިންމުމުގެ ސަބަބުން ބޭރުގެ ޓުއާ އޮޕަރޭޓަރުންނަށް އިދާރީ އަދި ގަވާއިދުގެ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާނެއެވެ. އަދި މިއީ ބައިނަލްއަގުވާމީ ޓެކްސް އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ނިންމުމެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، ފަތުރުވެރިކަމުގެ ވިޔަފާރީގެ ޗޭނަށް ނުރައްކާވެދާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ގިނަ އޮޕަރޭޓަރުންނަކީ ރާއްޖޭގައި ދާއިމީ އޮފީހެއް ނުވަތަ ވިޔަފާރި މަރުކަޒެއް ހުންނަ ބައެއް ނޫންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، އޯގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގެ އުސޫލުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތައް ބުނާ ގޮތުން ކޮންސަމްޕްޝަން ޓެކްސް ނެގޭނީ އެ ޚިދުމަތެއް ބޭނުންކުރާ ތަނަކުން ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ އިހުތިސާސުން ބޭރުގައި ހިންގާ ވިޔަފާރިތަކަށް މިފަދަ ޝަރުތުތައް ކުރިމަތިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބޭރުގެ އޮޕަރޭޓަރުން ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެއިތުރުން، މި ގަވާއިދުގެ ދަށުން ބޭރުގެ ފަރާތްތަކުން މަހުން މަހަށް ޓެކްސް ރިޓާން ހުށަހެޅުމާއި، ލޯކަލް ރެޕްރެޒެންޓޭޓިވުން އައްޔަންކުރުން ފަދަ ކަންކަން މަޖުބޫރުކުރުމަކީ ޖީއެސްޓީ ގާނޫނުގެ ދާއިރާއިން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މިއީ ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ "ޖެނެރަލް އެގްރީމަންޓް އޮން ޓްރޭޑް އިން ސާވިސަސް" (ގަޓްސް) ގެ އުސޫލުތަކާ ފުށުއަރާ، ވިޔަފާރިއަށް އެޅޭ ހުރަހެއް ކަމަށް ވާތީ، މި މައްސަލަ ބައިނަލްއަގުވާމީ މައިދާނަށް ގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް އިންޒާރުދީފައިވަނީ، ބޭރުގެ އޮޕަރޭޓަރުން އެ ގައުމުތަކުގެ ސަރުކާރުތަކާއި މާލީ އިދާރާތައް މެދުވެރިކޮށް، ރާއްޖެއަށް ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ހިންގާ "ސްވިފްޓް" (SWIFT) ނިޒާމު ބޭނުންކުރުން ހަނިކުރުމަށް ނުވަތަ މެދުކަނޑާލުމަށް މަސައްކަތް ކޮށްފާނެ ކަމަށެވެ. އެފަދަ ފިޔަވަޅެއް އަޅައިފިނަމަ، ރާއްޖޭގެ މުޅި އިގުތިސާދު އިނދަޖެހި ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ހަމައެއާއެކު، ސަރުކާރުގެ މި ސިޔާސަތަކީ ހަމައެކަނި ޓެކްސް ހޯދުމުގެ މަގުސަދުގައި ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގައި މިހާރު އޮތް މައިގަނޑު ފަތުރުވެރިކަމުގެ މޮޑެލް ބަދަލުކޮށް، ފިކުރީ ގޮތުން ދާއިރާ އަލުން ބައްޓަންކުރުމަށް ރާވައިގެން ހިންގާ މަޝްރޫއެއްގެ ބައެއް ކަމަށްވެސް ބޭރުގެ އޮޕަރޭޓަރުން ދެކޭ ކަމަށް އެމްޑީޕީގެ ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު