އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި ތަގުރީރުގައި، އަލްޖަޒީރާ މީޑިއާ ނެޓްވޯކަށް އަމާޒުކުރައްވައި ދެއްކެވި ހަގީގަތާ ޚިލާފު ވާހަކަތައް އެ ނެޓްވޯކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ވާހަކަތައް ދޮގުކޮށްފިއެވެ.
އަލްޖަޒީރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ނަތަންޔާހޫގެ މި ތުހުމަތުތަކަކީ އެ ނެޓްވޯކާއި އެތަނުގެ ނޫސްވެރިންނަށް އަމާޒުކޮށްގެން އިސްރާއީލުން މެދުކެނޑުމެއްނެތި ހިންގަމުންދާ އަނިޔާވެރި ކެމްޕޭނުގެ އިތުރު ބޮޅެކެވެ.
އދ. ގެ މިންބަރުގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވަނީ އަލްޖަޒީރާއަކީ އިސްރާއީލާ ދެކޮޅަށް ޒުވާނުންގެ ވިސްނުން ކިލަނބުކޮށް، ނަފްރަތު އުފެއްދުމަށް މަސައްކަތްކުރާ ނުރައްކާތެރި މީޑިއާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މިކަމާ ގުޅިގެން އަލްޖަޒީރާއިން ބުނީ، ނަތަންޔާހޫގެ އަސްލު ބޭނުމަކީ މަޝްރަހުގައި ހިނގަމުންދާ ހަގީގީ ކަންކަން ރެކޯޑުކޮށް، ދުނިޔޭގެ ސަމާލުކަމަށް އެ މައުލޫމާތު ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުން ކަމަށެވެ. އަދި އދ. ފަދަ ބައިނަލްއަގުވާމީ މުހިންމު މައިދާނެއްގައި މިފަދަ ނުރައްކާތެރި ގޮތަކަށް ވާހަކަދެއްކުމަކީ، މައިދާނުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އެ ނެޓްވޯކުން ފާހަގަކުރިއެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 270 އަށްވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި އަލްޖަޒީރާގެ މަދުވެގެން 12 ނޫސްވެރިއަކު ހިމެނެއެވެ. އަދި އެ ނެޓްވޯކުގެ ބައެއް ނޫސްވެރިންނަށް ހަމަލާދީފައިވަނީ، އެ ފަރާތްތަކުގެ އަބުރު ކެއްލުމަށާއި އަނިޔާވެރިވުމަށް ގޮވާލައި ހިންގި ކެމްޕޭންތަކަށް ފަހުގައެވެ.
މީގެއިތުރުން، އިސްރާއީލުގައި ހުރި އަލްޖަޒީރާގެ އޮފީސްތައް ބަންދުކޮށް، އެ ގައުމުގައި ބްރޯޑްކާސްޓްކުރުން މަނާކުރި މައްސަލައަށް އަލިއަޅުވާލަމުން އެ ނެޓްވޯކުން ބުނީ، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި އަލްޖަޒީރާއަށް ނޫން ކަމަށެވެ. މިއީ ތެދު މައުލޫމާތާއި މިނިވަން ނޫސްވެރިކަން ހޯދުމަށް ދުނިޔޭގެ ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކަށް އެޅޭ ހުރަހެއް ކަމަށްވެސް އަލްޖަޒީރާއިން ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު