މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް ވަކިވެދިޔަ ޒުވާން ދަރިވަރުގެ މަރުގެ ތަހުގީގު މަރުހަލާ ނިމެންދެން އެގައުމުގައި މަޑުކުރުމަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމުގައި ބޮޑެތި މާލީ ދަތިތަކަކާ ކުރިމަތިލާން ޖެހުމުން، އެ އާއިލާއިން ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމަށް އެދިއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ، އުމުރުން އެންމެ 21 އަހަރުގެ އާމިނާ އިމީލީ ނާޒިމް ކުއްލި ގޮތަކަށް ވަކިވެދިޔުމުގެ ފުން ހިތާމައިގައި ތިބި އާއިލާއިން ބުނީ، މި މައްސަލައިގެ ތަހުގީގަށް މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން ގާތްގަނޑަކަށް 10 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން، މި ހިތްދަތި ވަގުތުގައި އާއިލާގެ މެންބަރުން ކޮންމެހެން ވެސް މެލޭޝިއާއަށް ދާންޖެހިފައިވާއިރު، އެގައުމަށް ދަތުރުކުރުމަށާއި، ތަހުގީގު ނިމެންދެން އެތަނުގައި ތިބުމާއި ކެއިންބުއިމަށް ބޮޑު ޚަރަދެއް ހިނގާނެތީ އެވަރުގެ މާލީ ތަނަވަސްކަމެއް އާއިލާގައި ނެތް ކަމަށް ވަނީ ހާމަކޮށްފައެވެ.

ނިޔާވި ދަރިވަރުގެ އާއިލާއިން ދީލަތި އެހީތެރިކަމަށް އެދިފައިވާ ސޯޝަލް މީޑިއާ ޕޯސްޓް ފޮޓޯއެއް
މެލޭޝިއާގެ ޓެއިލާސް ޔުނިވަރސިޓީގައި މަތީ ތައުލީމު ހާސިލުކުރަމުންދިޔަ އިމީލީ މި ދުނިޔެއާ ވަކިވީ، އިތުރު ދެ ދިވެހި ދަރިވަރަކާއެކު ވެރިރަށް ކުއާލަލަމްޕޫރުން ވިޔަފާރިކުރުމަށްފަހު، 'ގްރެބް' ކާރެއްގައި އެނބުރި ދިޔަ މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. މި ހާދިސާގައި ދިވެހި ދަރިވަރުން ދަތުރުކުރި ކާރު ފުރޮޅާލައި، އިމީލީގެ ބޮލަށް ލިބުނު ބޮޑެތި ޒަޚަމްތަކާ ގުޅިގެން އޭނާ ވަނީ އެ ސަރަހައްދުގައި ނިޔާވެފައެވެ. ކާރުގައި އިން އަނެއް ދިވެހި ދަރިވަރުގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
ހިތްދަތި މި ދަނޑިވަޅުގައި، މެލޭޝިއާގައި ހޭދަވާ ދުވަސްތަކުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި އެ އާއިލާއަށް މާލީ ގޮތުން އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
- ދިވެހި ރުފިޔާ އެކައުންޓް: 7708230767001 (ޝަރޫނާ ލަބީބް - އިމީލީގެ މަންމަ)
- ޔޫއެސް ޑޮލަރު އެކައުންޓް: 7730000676326 (މުޙައްމަދު ނާޒިމް - އިމީލީގެ ބައްޕަ)
މީގެއިތުރުން، އިމީލީގެ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށާއި، މިހާރު ޕޯސްޓްކޮށްފައިވާ ތަކެތި ވެސް ނަގައިދިނުމަށް އާއިލާއިން ވަނީ އެދިފައެވެ. އަދި މި ހިތްދަތި ވަގުތުގައި އިމީލީގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި އެންމެހައި ފަރާތްތަކުން ހެޔޮ ދުއާކޮށްދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.
މާތް ﷲ މަރްހޫމާގެ ފުރާނައަށް ސުވަރުގޭގެ ދައިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން!

ކިޔުންތެރިންގެ ހިޔާލު