މުޙައްމަދު އަޢުޡަމް   5 އޮކްޓޯބަރު 2026 - 23:23
އުމްރާއަށް ބަޔަކު ފުރަނީ--
އުމްރާއަށް ބަޔަކު ފުރަނީ--
އުމްރާގެ އަޅުކަން އަދާކުރަން ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވީ ހއ. ތަކަންދޫ/ބަގީޗާގެ، އަބްދުﷲ އަހުމަދުއެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް އަބްދުއް ރައްޒާގު އިބްރާހިމް ވިދާޅުވީ އަބްދުﷲ ނިޔާވީ އައިސީޔޫގައި އެޑްމިޓްކޮށްފައި އޮންނަތާ ދުވަސްތަކަކަށް ފަހު ކަމަށެވެ.

"މިއަދު ހަވީރު ހައެއް ޖަހާ ކަންހާއިރު މައުލޫމާތު ލިބުނީ އޭނާ ނިޔާވި ހަބަރު" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަބްދުﷲ އައިސީޔޫގައި އެޑްމިޓްކުރުމުން އާއިލާގެ މީހުންވެސް ތިބީ އޭނާ ކައިރިއަށް ގޮސް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު