މަސްތުވާތަކެތި ހޯދާނެ ފައިސާ ނެތިގެން ރުޅިގަދަވެ، މަންމަ ދިރިއުޅޭ ގޭގެ ބަދިގެއަށާއި ކޮޓަރިއަށް ގެއްލުންދިން މީހަކު ޖަލަށްލުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލަތަކުގައި ހުކުމް އައިސްފައިވަނީ ށ. މާއުނގޫދޫ، އަސަރު، އުމުރުން 28 އަހަރުގެ އާދަމް ހަންނާދުގެ މައްޗަށެވެ.
ޝަރީޢަތުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ރޭ މ. މާކަރަ ގޭގައި ހަންނާދު ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެގޮތުން އެގޭ ބަދިގޭގައި ހުރި ބޮޑު ބާލިދީއެއްގެ މަތިގަނޑު ފަޅާލައި، ކާން ގެންގުޅޭ ތަށިތަކެއް ތަޅާލުމުގެ އިތުރުން، އޭނާގެ މަންމަ ދިރިއުޅޭ ކޮޓަރީގެ ދޮރަށް ކަތުރަކުން ޖަހައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
މި މައްސަލައިގެ ޝަރީޢަތުގައި ހަންނާދު ބުނެފައިވަނީ، އެ އަމަލު އޭނާއަށް ކުރެވުނީ ބަލިވެގެން މަސްތުވާން ލާރި ނެތިގެން އަދި މަސްތުވާތަކެތި ނުލިބުމުގެ ސަބަބުން އައި "ސިނގު ރުޅިއެއްގައި" ކަމަށެވެ. އިބްތިދާއީ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ ދަށުންނެވެ.
މުދަލަށް ގެއްލުންދިނުމުގެ މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ ނަދީމް ކުރެއްވި ހުކުމުގައިވަނީ، އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅުއްވާފައެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހެނީ 23 ދުވަހުގެ ޖަލު އަދަބެކެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,238.39 ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެއްވެސް ހަންނާދުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެއީ މިއަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު، ހަވީރީ ހިނގުމުގައި ހުންނަ ކުރީގެ ކްރިމިނަލް ކޯޓުގެ އިމާރާތަށް ވަދެ، އެޗްޕީ ބްރޭންޑުގެ ދެ އޯލް-އިން-ވަން ޑެސްކްޓޮޕް ކޮމްޕިއުޓަރާއި ދެ ވޮއިސް ރިކޯޑަރު ވަގަށް ނަގައިގެން ދަނިކޮށް މަގުމަތިން ފުލުހުން އޭނާ ހުއްޓުވި މައްސަލައެކެވެ.
މި މައްސަލައިގައި އޭނާ ބުނެފައިވަނީ، ޑެސްކްޓޮޕެއް ހޯދައިދީފިނަމަ ފައިސާ ދޭނެކަމަށް ކޮއްކޮ ބުނެފައިވާތީ، މަސްތުވާން ފައިސާ ހޯދުމުގެ ބޭނުމުގައި ރައްޓެއްސަކާއެކު އެ އިމާރާތަށް ވަދެ ވައްކަންކުރީ ކަމަށެވެ. މި ކުށާ ގުޅިގެން އޭނާގެ މައްޗަށް އިއްވީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ތަޙުޤީޤު މަރުޙަލާގެ ބަންދު މުއްދަތު އުނިކުރުމުން، މި މައްސަލައިގައި އޭނާ ތަންފީޒުކުރަން ޖެހެނީ ނުވަ މަހާއި ދެ ދުވަހުގެ ޖަލު އަދަބެކެވެ.
ޝަރީޢަތުގައި ހަންނާދު ވަނީ ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް، ޖޫރިމަނާ ދެއްކުމުގެ މާލީ ޤާބިލުކަން އޭނާގެ ކިބައިގައި ނެތުމުގެ އިތުރުން، ވައްކަމާއި މިފަދަ ކުށްތަކުގެ ގިނަ ރެކޯޑުތަކެއް އޭނާގެ މައްޗަށް އޮތުމުން، އަދަބު ލުއިކޮށްދެވެން ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު