މިއަދު މަޖިލީހުގައި ކުރިއަށްދާ ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިން (ޑްރީމްސް އިއްބެ) ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ފައިސާ ޑިޖިޓަލް ކަރަންސީއަށް ބަދަލުކުރަންޖެހޭ ކަމަށެވެ.
މެންބަރު ފާހަގަކުރެއްވި ގޮތުގައި، ދާ އޮހޮރުވައިގެން ރައްޔިތުން ހޯދާ ފައިސާކޮޅު ވަކި ބަޔަކު ބާރުގެ ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި ބޭނުންކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަންޖެހެއެވެ.
އިބްރާހިމް ހުސައިން އިތުރަށް ވިދާޅުވީ މިއީ ވަރަށް މުހިންމު ބިލެއް ކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖެއިން ކޮރަޕްޝަން މުޅިން ނައްތާލެވޭނެ ނިޒާމެއް ގާއިމުވެ، އެކަމުގެ ގިނަގުނަ މަންފާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
އަދި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، މިއީ ވަރަށް ގިނަ ފައިސާ ލިބި ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދެވިދާނެ ގައުމެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް ކޮރަޕްޝަނުގެ ސަބަބުން ނުހައްގު މުއްސަނދިކަން ހޯދައި، ވަކި ބަޔަކު ނާޖާއިޒު ގޮތުގައި ފައިސާ ބޭނުންކުރުމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ ވަކި ބަޔަކަށް ބެހިގެންދާ ތަން ފެންނަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ.
އެގޮތުން އެމްއެމްޕީއާރުސީއަށް ލިބުނު އެތައް ހާސް މިލިއަން ރުފިޔާއަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަން މެންބަރު އިބްރާހިމް ހުސައިންގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު