ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތް ނުވަތަ ފޮރިން ސާވިސްގެ އެކި މަގާމުތަކަށް އައްޔަނުކޮށްފައިވާ މުވައްޒަފުންގެ ޖުމުލަ އަދަދާއި އެ ފަރާތްތައް އައްޔަނުކުރި ގޮތުގެ ތަފްސީލު ހާމަކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޚާރިޖީ ވަޒީރާ ސުވާލުކުރުމަށް ހުށަހަޅައިފިއެވެ.
މި ސުވާލުތައް ފޮރިން މިނިސްޓަރު ޢިރުތިޝާމް އާދަމްއާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މެންބަރު ހުށަހެޅުއްވި ސުވާލުތަކުގެ ތެރޭގައި، ފޮރިން ސާވިސްގެ ޤާނޫނުގެ ދަށުން އެ ޚިދުމަތުގެ އެކި ގިންތިތަކަށް މިހާތަނަށް އައްޔަނުކޮށްފައިވާ ޖުމުލަ މުވައްޒަފުންގެ އަދަދު ސާފުކުރުން ހިމެނެއެވެ. އެގޮތުން އިއްޔެގެ ނިޔަލަށް އެ ޤާނޫނުގެ ދަށުން މަގާމުތަކަށް ހަމަޖައްސާފައިވާ މުވައްޒަފުންގެ އަދަދު ހޯދުމަށް ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން، ފޮރިން ސާވިސް ޤާނޫނުގެ ދަށުން ވަކި ޚާއްޞަ ޒިންމާތަކެއް އަދާކުރުމަށްޓަކައި އައްޔަނުކޮށްފައިވާ މުވައްޒަފުންގެ އަދަދަކީ ކޮބައިކަމާއި، އެ މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަކީ ކޮބައިކަން ސާފުކޮށްދިނުމަށްވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
ހަމައެއާއެކު، ޚާރިޖީ ދާއިރާގެ ވަކި ޒިންމާތަކަކަށް މީހުން އައްޔަނުކުރާއިރު، ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށް ތަޖުރިބާ ލިބިފައިވާ މުވައްޒަފުން ތިއްބައި، އެ މިނިސްޓްރީގެ ދަށުން ހިންގާ ބޭރުގެ މިޝަންތަކަށާއި އާންމު ކޮންސިއުލާ މަގާމުތަކަށް މިނިސްޓްރީން ބޭރުން މީހުން އައްޔަނުކުރަމުންދާ ސަބަބު ބަޔާން ކޮށްދިނުމަށްވެސް މިނިސްޓަރަށް ފޮނުއްވި ސުވާލުގައި މެންބަރު މުޙައްމަދު އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުގެ މަތިން، ވަޒީރަކާ ސުވާލުކުރުމަށް ހުށަހެޅުމުން ލިޔުމުން ޖަވާބު ދެއްވުމަށް ނުވަތަ މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައިގެން ޖަވާބުދެއްވުމަށް ވަޒީރަށް މުއްދަތެއް ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު