ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ ދަށުން އެހީތެރިކަން ފޯރުކޮށްދީގެން، މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށާއި އެފަދަ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގި ޕްރޮގްރާމެކެވެ. މީގެ އިތުރުން އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް، އާންމުން ހޭލުންތެރިކުރުވުމަކީވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ސެޝަންތަކާއި، ނަފްސާނީ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ހުނަރުތައް އުނގަންނައިދިނުމުގެ ސެޝަންތަކުގެ އިތުރުން، މުޖުތަމައު ހޭލުންތެރިކުރުވުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެމްއެންއޭ އިން ހިންގި މި ހަރަކާތްތަކުގެ ތެރެއިން ހުޅުމާލޭގައި ދިރިއުޅޭ ސަތޭކައަށްވުރެ ގިނަ ރައްޔިތުންނަށް ވަނީ ސީދާ ގޮތެއްގައި ބޭނުންތެރި އެހީތެރިކަމާއި މައުލޫމާތު ފޯރުކޮށްދެވިފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ވިދާޅުވި ގޮތުގައި "ބޭންކް ފަންޑު" ގެ މައިގަނޑު މަގުސަދަކީ މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ އިޖުތިމާއީ ތަފާތު މަޝްރޫއުތަކަށް އެއްބާރުލުން ދިނުމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މިފަދަ މުހިންމު ހަރަކާތްތަކަށް ބޭންކުގެ އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު