އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި މައްސަލަ ބަލަން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް(ކުޑޫ) ހުށަހަޅުއްވައިފިއެވެ.
އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލީ މި މަސް ފެށުނުތަނާ އެވެ. ނަމަވެސް މި ހަފްތާގައިވަނީ އެ ނިންމުން ބާތިލުކޮށް އޭނާ އަނބުރާ ޖަލަށް ވެސް ގެންގޮސްފައެވެ. އަދި އޭގެ ފަހުން ޕެރޯލް ބޯޑުގެ މެމްބަރުންވެސް ވަނީ ވަކިކޮށްފައެވެ.
މެމްބަރު އިބްރާހިމް މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އަބުޗާގެ ޕެރޯލްގެ މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން ތަހުގީގުކުރުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށާއި އަދި އެކަން ތަކުރާރުވުން ހުއްޓުވަން މުހިންމުކަމެއް ކަމަށެވެ.
އެހެންވެ އިބްރާހިމް އެދިވަޑައިގެންފައިވަނީ އެ މައްސަލައާ ގުޅޭ ފުރިހަމަ އިދާރީ ފައިލް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހޯދުމާއެކު ޕެރޯލްގެ މެމްބަރުން ވެސް މަޖިލީހަށް ހާޒިރުކޮށް އަދި ހޯމް މިނިސްޓަރު އަލީ އިހުސާންއާއި އެ މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށް ކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށެވެ.
ދެ ދައުވާއަކާ ގުޅިގެން ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް (އުމުރު ދުވަހުގެ ހުކުމެއްގެ ގޮތުގައި) އަބުޗާގެ މައްޗަށް އައީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ނަމަވެސް، ތުހުމަތުކުރެވިގެން އޭނާ ފުރަތަމަ ބަންދުކުރެވުނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށްވާތީ، ޖަލު ބަންދުގައި މިހާރު 6 އަހަރު ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު