މިއީ އޭއައި އިން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި އިން ހަދާފައިވާ ފޮޓޯއެއް
އިންޑިއާގެ ޕަޓްނާއިން އަހްމަދު އާބާދު އަށް ދަތުރުކުރި އިންޑިގޯ އެއާލައިންސްގެ ފްލައިޓަކަށް، 17،000 ފޫޓު މަތިން ހޮނު އަޅައި ބޯޓުގެ ކުރީކޮޅަށް (ނޯސް) ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޓު ވަނީ ލަކްނައު އެއާޕޯޓަށް ޑައިވަރޓްކޮށް، ކުއްލި ހާލަތުގައި ޖައްސާފައެވެ.

މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި 104 ފަސިންޖަރުންނާއި 6 ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ނުވެ، އެންމެން ވަނީ ސަލާމަތްވެފައެވެ. އިންޑިގޯގެ ފްލައިޓް 6އީ925 އަށް މި ހާދިސާ ދިމާވީ ވައިގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށެވެ. ނަމަވެސް، ޕައިލެޓުންގެ ހުޝިޔާރުކަމާއެކު ބޯޓު ވަނީ ހަވީރު 4:05 ހާއިރު ލަކްނައު އެއާޕޯޓަށް ރައްކާތެރިކަމާއެކު ޖައްސާފައެވެ.

ބޯޓު ޖެއްސުމަށްފަހު ބެލި ބެލުމުން، ބޯޓުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން ވަގުތުން އެ ބޯޓު ދަތުރުތަކުން އެކަހެރިކޮށް، ފުރިހަމަ ޓެކްނިކަލް އިންސްޕެކްޝަނެއް ހެދުމަށްޓަކައި ލަކްނައު އެއާޕޯޓުގައި ވަނީ ގްރައުންޑްކޮށްފައެވެ.

އިންސްޕެކްޝަނަށް ބޯޓު ގްރައުންޑްކުރުން

އެއާޕޯޓުގެ އިންޖިނިއަރުން ދަނީ ބޯޓަށް ލިބިފައިވާ ގެއްލުންތައް ތަހުގީގު ކުރަމުންނެވެ. މިގޮތުން ބޮޑަށް ގެއްލުންވެފައިވަނީ ބޯޓުގެ ކުރީކޮޅުގައި މޫސުން ދެނެގަންނަ ރާޑަރު ހުންނަ ބައި (ރޭޑޯމް) އަށެވެ. ޒަމާނީ މަތިންދާބޯޓުތަކަކީ ވިދުވަރާއި ގުގުރީގެ އަސަރުން ރައްކާތެރިވާނޭހެން ފަރުމާކޮށްފައިވާ އުޅަނދުތަކެއް ނަމަވެސް، މިފަދަ ހާދިސާތަކަށްފަހު ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބެންދެން ބޯޓު އަލުން ދަތުރުތަކަށް ނުނެރޭނެ ކަމަށް އިންޑިގޯއިން ބުނެފައިވެއެވެ.

ފަސިންޖަރުން ދަތުރު ކުރިއަށް ގެންދިއުން

މި ހާދިސާއާ ގުޅިގެން، އަހްމަދު އާބާދު އަށް ދަތުރުކުރަން ތިބި ފަސިންޖަރުންނަށް އިންޑިގޯއިން ވަނީ އެހެން ފްލައިޓެއް ހަމަޖައްސައިދީފައެވެ. އަދި އެ ފަސިންޖަރުން ވަނީ އެރޭ 6:22 ހާއިރު ބަދަލު ފްލައިޓުގައި ދަތުރު ފަށައި، މަންޒިލަށް ރައްކާތެރިކަމާއެކު ވާސިލުވެފައެވެ.

ވައިގެ އުދުހުންތަކުގައި ގުގުރީގެ އަސަރު ފޯރުމަކީ މަދުން ނަމަވެސް ހިނގާ ކަމެކެވެ. ނަމަވެސް، ޕައިލެޓުން ދެއްކި ހުނަރުވެރިކަމާއި އަވަސް ފިޔަވަޅުތަކުގެ ސަބަބުން، 110 މީހުންގެ ފުރާނަ ސަލާމަތްވެ، އެއްވެސް ނުރައްކަލަކާ ނުލައި ބޯޓު ވަނީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް