އެސްޓީއޯގެ ހެޑް އޮފީހާއި އެ ކުންފުނީގެ ގުދަނަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ގދ. ގައްދޫ/ ކަށިކެޔޮމާގެ/ ޖަޒްމީން މުހައްމަދު(42އ.) އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިރު ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަންވެސް އަމުރުކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން އާންމުކުރި ބަންދު އަމުރުގައި ބުނީ އޭނާ ހުއްދަ ނެތި އެސްޓީއޯގެ ހެޑް އޮފީސް ހުންނަ ބިލްޑިންއާއި ގުދަން ހުންނަ ކޮއްޓަށް ހުއްދަ ނެތި ވަދެފައިވާ ކަމަށެވެ.
ނަމަވެސް އެ ތުހުމަތުތަކަށް އިންކާރުކޮށް ޖަޒްލީން ބުނީ އެސްޓީއޯގެ ކޮއްޓެއްގެ ތެރެއަށް ވަދެފައި ނުވާނެ ކަމަށެވެ.
ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ ޖަޒްމީން މިިދިޔަ މާޗު މަހުވެސް ހަމަ އެކަހަލަ މައްސަލައެއްގައި ހައްޔަރުކުރިއެެވެ. އެ ފަހަރު ހައްޔަރުކުރީ ވައްކަން ކުރަން ވަދެ ހުރި ގޭގެ ގުދަނެއްގެ ތެރޭގައި ހުއްޓައެވެ. ނަމަވެސް ޖަޒްމީން ތުުހުމަތުތަކަށް އިންކާރުކޮށް ކޯޓުގައި ބުނީ އެ ގުދަނަށް ވަނީ ކުޑަކަމު ދިއުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު