ހއ. އުލިގަމުގައި އަޅަމުންދާ އިމިގްރޭޝަން އޮފީހުގެ އާ އިމާރާތް އެޅުމުގެ މަޝްރޫޢުގެ ތެރެއިން، ފުރަތަމަ ފަންގިފިލާގެ ކޮންކްރީޓް އެޅުމަށްޓަކައި ތައްގަނޑު ޖެހުމާއި ސްލެބްގެ މަސައްކަތް ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.
މި އިމާރާތަކީ ހއ. އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަގްވާމީ ބަންކަރިންގެ ޚިދުމަތާ ގުޅިގެން، ބޭރު ގައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށްޓަކައި އަޅާ އިމާރާތެކެވެ. މީގެ އިތުރުން، އުލިގަމުގައި އިމިގްރޭޝަންގެ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް މި އިމާރާތް ބޭނުންކުރެވޭނެއެވެ.
އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓުތައް ބަނދަރު ކުރާ ރަށެއްކަމުން، ރާއްޖެއަށް ކަނޑުމަގުން އެތެރެވާ ޔޮޓްފަހަރަށް ކްލިއަރެންސް ދިނުމުގެ މަސައްކަތްވެސް އެރަށުގައި ކުރިއަށްދެއެވެ.
އެހެންކަމުން އެރަށުގައި ޤާއިމްކުރާ އިމިގްރޭޝަން އޮފީހުގެ ސަބަބުން މި ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ އުޅަނދުފަހަރަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ޤަބޫލުކުރާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު