ފަލަސްޠީނަށް ދިވެހިން ކުރާ ތާއީދަކީ އިންވެސްޓްމަންޓްތަކާމެދު އަދާވާތްތެރިކަން ދެއްކުމަށް އޮތް ޙުއްޖަތެއް ނޫން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، ރައީސް ޔާމީން މީސްމީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްއަށް ރައްދު ދެއްވަމުން ފަހުމީ ވިދާޅުވެފައިވަނީ، ފަލަސްޠީނަށް ދިވެހިން ދޭ ސާބިތު ތާއީދަކީ ބޭރުގެ އިންވެސްޓްމަންޓްތަކާމެދު އަދާވާތްތެރިކަން ދެއްކުމަށް އޮތް ޙުއްޖަތެއް ނޫން ކަމަށެވެ. މީގެއިތުރުން، ދީނީ ނަފްރަތާއި ސިޔާސީ އޮޅުވާލުންތައް ފެތުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ދިވެހިރާއްޖެއަށް ބޭނުންވަނީ ކުރިއެރުން ކަމަށާއި، ޤައުމީ ލޯބީގެ ނަމުގައި ބައިބައިވުން އުފައްދާ ވާހަކަތަކެއް ނޫން ކަމަށެވެ. ފަހުމީގެ މި ބަސްފުޅުތަކުން ދޭހަވަނީ، ފަލަސްޠީނުގެ މައްސަލަ ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީއަށް ހުރަސްއެޅުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
ފަހުމީ މިބީދައިން ރައީސް ޔާމީނަށް ރައްދު ދެއްވާފައިވާއިރު، ކުރީގެ ރައީސް ޔާމީން މީސްމީޑިއާ މެދުވެރި ކުރަށްވައި އިއްޔެ ދެއްވި މެސެޖެއްގައި "އީގަލް ހިލްސް" އަކީ ދީނީ އަދި އަޚުލާޤީ ގޮތުން ފުނޑުފުނޑުވެފައިވާ، ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ސަރުކާރެއްގެ ފައިދާ ނަގާ ބަޔެއް ކަމަށް ވަނީ ސިފަކުރަށްވާފައެވެ.
އަދި ޔާމީން ވަނީ ސައްތައިން ސައްތަ މުސްލިމް މުޖުތަމަޢެއްގައި، ފަލަސްޠީނުގެ މައްސަލައަށް އަހަންމިއްޔަތުކަން ދެމުންދާއިރު، ޔަހޫދީ ވަޒަންވެރިވުމަށް ފުރުސަތު ދިނުމަކީ ބަހާ އަމަލާ ދިމާ ނުވާކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ޕްރޮޖެކްޓް ހުއްޓާލުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ޔޫ.އޭ.އީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއިން ތަރައްގީކުރާ މި ޕްރޮޖެކްޓަކީ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓް" ގެ ނަމުގައި ރަސްމާލޭގައި 500 ހެކްޓަރުގެ ބިމެއްގައި 99 އަހަރަށް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮމާޝަލް ޓާރމްސް އެއްބަސްވުމުގައި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ދީނީ ނަފްރަތާއި ސިޔާސީ އޮޅުވާލުންތައް ފެތުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން.
— Hussain Fahmy (@HussainFahmy09) October 12, 2026
ފަލަސްޠީނަށް އަޅުގަނޑުމެން ކުރާ ސާބިތު ތާއީދަކީ ބޭރުގެ އިންވެސްޓްމަންޓްތަކާމެދު ތަޢައްޞުބުވުމާއި އަދާވާތްތެރިކަން ދެއްކުމަށް އޮތް ޙުއްޖަތެއް ނޫން.
ދިވެހިރާއްޖެއަށް ބޭނުންވަނީ ކުރިއެރުން.
ޤައުމީ ލޯބީގެ ނަމުގައި ބައިބައިވުން އުފައްދާ ވާހަކަތަކެއް ނޫން.
@MMuizzu @pnc_secretariat @psmnewsmv @MMTVmv
ފަހުމީ މިބީދައިން ރައީސް ޔާމީނަށް ރައްދު ދެއްވާފައިވާއިރު، ކުރީގެ ރައީސް ޔާމީން މީސްމީޑިއާ މެދުވެރި ކުރަށްވައި އިއްޔެ ދެއްވި މެސެޖެއްގައި "އީގަލް ހިލްސް" އަކީ ދީނީ އަދި އަޚުލާޤީ ގޮތުން ފުނޑުފުނޑުވެފައިވާ، ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ސަރުކާރެއްގެ ފައިދާ ނަގާ ބަޔެއް ކަމަށް ވަނީ ސިފަކުރަށްވާފައެވެ.
އަދި ޔާމީން ވަނީ ސައްތައިން ސައްތަ މުސްލިމް މުޖުތަމަޢެއްގައި، ފަލަސްޠީނުގެ މައްސަލައަށް އަހަންމިއްޔަތުކަން ދެމުންދާއިރު، ޔަހޫދީ ވަޒަންވެރިވުމަށް ފުރުސަތު ދިނުމަކީ ބަހާ އަމަލާ ދިމާ ނުވާކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ޕްރޮޖެކްޓް ހުއްޓާލުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ޔޫ.އޭ.އީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއިން ތަރައްގީކުރާ މި ޕްރޮޖެކްޓަކީ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓް" ގެ ނަމުގައި ރަސްމާލޭގައި 500 ހެކްޓަރުގެ ބިމެއްގައި 99 އަހަރަށް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮމާޝަލް ޓާރމްސް އެއްބަސްވުމުގައި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު