ފުލުހުން މީގެކުރިން އަތުލަިގަނެފައިވާ ބަނގުރާ ކޭސްތަކެއް-
ފުލުހުން މީގެކުރިން އަތުލަިގަނެފައިވާ ބަނގުރާ ކޭސްތަކެއް-
މާލޭގެ ކަރަންކާ މަގުގައި ހުންނަ ހ. މާދޫ ގެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެން، ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މިވަގުތު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފިއެވެ.

މި އޮޕަރޭޝަނަކީ މާލެތެރޭގައި ބަނގުރާ އެކި ސަރަހައްދުތަކަށް ފޯރުކޮށްދޭ ފަރާތްތައް ދެނެގަތުމަށްޓަކައި ހިންގާ އޮޕަރޭޝަނެއް ކަމަށް ޑްރަގް އެންފޯސްމަންޓުގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ. މިއީ ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ ބައެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޑްރަގް އެންފޯސްމަންޓުގެ ފަރާތުން ބުނެފައިވަނީ، މި އޮޕަރޭޝަނަކީ މާލެ ތެރޭގައި ބަނގުރާ އެކި ސަރަހައްދުތަކަށް ފޯރުކޮށްދޭ ފަރާތްތައް ދެނެގަތުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަނުގެ ތެރެއިން ހ. މާދޫ ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ހ. މާދޫގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވިދާޅުވީ، މި އޮޕަރޭޝަނަކީ މިވަގުތު ކުރިއަށްދާ އޮޕަރޭޝަނަކަށް ވާތީ، މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު މީޑިއާތަކަށް ފަހުން ޙިއްސާ ކުރަށްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު