މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ފިރުޒުލް
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ފިރުޒުލް
ރާއްޖެއިން ހައްޖުގެ އަޅުކަމަށް ފުރާ ހުރިހާ ފަރާތްތަކަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ފަސޭހަ އިންތިޒާމުތަކެއް، އަންނަ އަހަރުން ފެށިގެން ސަރުކާރުން ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވީ، މާތްވެގެންވާ ބިމަށް ފުރުމުގެ ކުރިން ކޮންމެ ހައްޖުވެރިއެއްގެ ވެސް ޖިސްމާނީ ދުޅަހެޔޮކަމާއި ސިއްހީ ހާލަތު ދުރާލާ ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ހައްޖަށް ދިއުމަށްޓަކައި ހަދަންޖެހޭ މެޑިކަލް ޗެކަޕަކީ ލާޒިމު ކަމަކަށްވާއިރު، އަންނަ އަހަރުން ފެށިގެން އެ ޚިދުމަތް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދިނުމަށްޓަކައި ހައްޖު ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އާސަންދަ) ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ފިރުޒުލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އާ އިންތިޒާމުގެ ދަށުން މިހާރަށްވުރެ ހަރުދަނާ އަދި ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ހައްޖުވެރިންގެ ސިއްހީ ކަންކަން ބެލެހެއްޓިގެންދާނެއެވެ. ހައްޖުވެރިޔާގެ ސިއްހީ ހާލަތު ދުރާލާ އެނގިފައި އޮތުމަކީ، ދަތުރުގެ ތެރޭގައާއި އަޅުކަމުގެ މައިދާނުގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތްތަކަށް އިދާރީ ގޮތުންނާއި މެޑިކަލް ޓީމުތަކުން ފުރިހަމައަށް ތައްޔާރުވުމަށް ލިބޭ ވަ

ރަށް ބޮޑު ބާރެކެވެ. އެހެންކަމުން، އަންނަ އަހަރުގެ ހައްޖު ދަތުރުން ފެށިގެން މި ޓެސްޓުތަކަށް އެއްވެސް ހައްޖުވެރިއެއްގެ އަތުން އަމިއްލަ ޚަރަދެއް ދާން ނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ހައްޖުވެރިންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ވެސް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާ ފަރާތްތަކަށް މީގެކުރިން ހިލޭ ވެކްސިން ޖެހުމުގެ ޚިދުމަތް ލިބެމުންދިޔައީ ހަމައެކަނި މާލެ ސިޓީން ކަމަށްވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އުސޫލަށް މިހާރު ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.

މި ބަދަލާއެކު، އަންނަ ނޮވެމްބަރު މަހުގެ އުމްރާ ދަތުރުން ފެށިގެން، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް އެމީހަކު ދިރިއުޅޭ ރަށަކާ އެންމެ ކައިރި ސިއްހީ މަރުކަޒަކުން ނުވަތަ ހޮސްޕިޓަލަކުން އެއްވެސް އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ މަގު މިހާރު ވަނީ ތަނަވަސްކޮށްދީފައެވެ. މިއީ މާލެއަށް ދަތުރުކުރުމުގެ ބުރަ އުފުލަންޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެނުވައި، ދީނީ މި މަތިވެރި އަޅުކަން އަދާކުރުމަށް ދާ ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދިން ވަރަށް ބޮޑު ލުޔެކެވެ.



ކިޔުންތެރިންގެ ހިޔާލު