މަޖީދީމަގުގައި ހުންނަ "އަތަމާ ޕެލެސް" އިމާރާތުގެ ތިރީބުރީގައި ހިންގަމުންދާ ރެސްޓޯރެންޓެއްގެ ބަދިގޭގައި ބޭނުންކުރި ގޭސްފުޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 17:27 ހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަގުތުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ފަޔަރފައިޓަރުންގެ ހަލުވި އަދި ހުށިޔާރު މަސައްކަތުން، އެ އަލިފާންގަނޑު މުޅިން ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ހަވީރު 17:44 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިނުވާ ކަމަށް ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު