މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކައި ޑެލިވަރީ ކުރަމުންދިޔަ ނެޓްވޯކަކާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މި ހިނގާ ފެބުރުއަރީ މަހުގެ 13 ވީ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވަނީ ހެންވޭރު މާދޫގެއެވެ. އެ ގެއިން ޖުމްލަ 826 ފުޅި ބަނގުރާ އަތުލައިގަނެ، ބަންގްލަދޭޝްގެ ތިން
ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައިގައި އިއްޔެ ބަންދު އިތުރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އަލް އަމީން އަދި 43 އަހަރުގެ ޕޮލިންގެ އެވެ. މި ދެ މީހުން ހައްޔަރުކޮށް، ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ. އިއްޔެ އެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް އިތުރު 10 ދުވަސް ދީފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ މީހުން ބަންދުގައި ބައިތިއްބަން އަމުރުކުރީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީއެވެ. އެގޮތުން، ކުށުގެ ވެއްޓަށް ދިޔަ ފުލުސް އޮފިސަރުގެ ބަޔާނުގެ އިތުރުން، ހ. މާދޫގޭގެ އެއްވަނަ ފަންގިފިލާއިން ފެނުނު 320 ފުޅި ބަނގުރަލާއި، ފަސްވަނަ ފަންގިފިލާއިން ފެނުނު 504 ފުޅި ބަނގުރަލުގެ ފޮޓޯ ރިޕޯޓު ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، ޕޮލިން އަކީ އެތަނުގެ ސުޕަވައިޒަރެވެ. އަދި އެތަނުން ބަނގުރާ ޑެލިވަރީ ކުރުމުގެ ކަންކަން ހަވާލުކުރަނީ އޭނާއާ ކަމަށް މައްސަލައިގެ އިންވެސްޓިގޭޓިންގ އޮފިސަރު (އައިއޯ) ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ޕޮލިން ކޯޓުގައި ބުނެފައިވަނީ އޭނާއަކީ އެތަނުގައި ހިންގާ އޮފީހެއްގެ މުވައްޒަފެއް ކަމަށާއި، އެތަނަށް ވަދެނުކުމެ ހެދެނީ ވަޒީފާގެ ގޮތުން ކަމަށެވެ. އަނެއް ތުހުމަތުވާ އަލް އަމީން އަކީ ބަނގުރާ ޑެލިވަރީ ކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް އޭނާ އަމިއްލައަށް ސީންގައި އެއްބަސްވެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަތް ބަނގުރާ ފުޅިތައް ހުރީ އެގޭގެ ސްޓޯ ރޫމެއްގެ އެކި ދިމާލުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ބަހައްޓާފައެވެ. އަދި ބައެއް ފުޅިތައް އެކި ބްރޭންޑްތަކުގެ ނަންތައް ޖަހާފައިވާ ކާޓަން ފޮށިތަކުގައި ބަންދުކޮށްފައި ހުއްޓެވެ.
މި މައްސަލައިގައި ދެން ހައްޔަރުކުރި ބަންގްލަދޭޝް މީހެއް ކަމަށްވާ ރަކިބް ހޮސެންގެ ބަންދަށް ކޯޓުން އެންމެ ފުރަތަމަ ވެސް ޖަހާފައިވަނީ 15 ދުވަހެވެ. އެހެންކަމުން، މި ނެޓްވޯކުގައި ހިމެނޭ ތިން މީހުންގެ ބަންދުގެ މުއްދަތުވެސް މިހާރު ހަމަވާނީ މިމަހުގެ 27 ވާ އަންގާރަ ދުވަހަށެވެ.
ފުލުހުން ދަނީ މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ މި ނެޓްވޯކާ ގުޅޭ އިތުރު ތަހުގީގުތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު