އދ. އޮމަދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ ފެންސް ވެލްޑިންގް ކުރުމާއި ކުލަލުމުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނީ، މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ތާވަލާ އެއްގޮތަށް، ނިމުމާ ދިމާއަށް ހަލުވިކަމާއެކު މިހާރު ދަތުރުކުރަމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 1.24 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ކޯޓުގެ ބިންގާ އަޅާފައިވަނީ 8 އޮކްޓޫބަރު 2025 ގައެވެ.
ފެންސް ޖެހުމާއި ކުލަލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި ވޮލީ ކޯޓުގެ މަޝްރޫޢުގެ ދަށުން އިތުރު މުހިންމު މަސައްކަތްތަކެއް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑު އޮނިގަނޑު އެކުލަވާލުމާއި، ރޭގަނޑު ވެސް ކުޅެވޭ ގޮތަށް ކަރަންޓު ގުޅައި އަލިކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މީގެ އިތުރުން ޓާފް އެޅުމާއި، ވޮލީ ކުޅުމަށް ބޭނުންވާ ފެންވަރު ރަނގަޅު އިކުއިޕްމަންޓްތައް ހަރުކުރުން ވެސް މި ޕްރޮޖެކްޓުގައި ހިމެނެއެވެ.
އޮމަދޫގައި ތަރައްޤީކުރާ މި ޒަމާނީ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، އެ ރަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ގިނަ ފަރާތްތަކަކަށް ހުނަރު އިތުރުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އެކަށީގެންވާ ފުރިހަމަ، ފަހި މާހައުލެއް ޤާއިމުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު