މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ސަރަޙައްދީ ނުތަނަވަސްކަމުގެ ސަބަބުން އެނބުރި ވަޒީފާއަށް ނުދެވިފައިވާ ބަންގްލާދޭޝްގެ މަސައްކަތްތެރިންގެ ވިސާއާއި އިޤާމާގެ މުއްދަތު އިތުރުކޮށްދިނުމަށް، ސުޢޫދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުގައި އެދެމުންދާކަން ބަންގްލާދޭޝް ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ސުޢޫދީ ޢަރަބިއްޔާއަށް ދެވުނު މިސައިލް ހަމަލާއެއްގައި މަރުވި ބަންގްލާދޭޝްގެ ރައްޔިތެއްކަމަށްވާ މުޙައްމަދު ޝާހެދު އަޙްމަދުގެ ހަށިގަނޑު، ޙަޟްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގައި ބަލައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޤައުމުގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ޝަމާ އޮބައިދު އިސްލާމެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ޚާރިޖީ ދާއިރާއިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، ބޭރު ޤައުމުތަކުގައި ވަޒީފާ ގެއްލިފައިވާ ބަންގްލާދޭޝްގެ ރައްޔިތުންނަށް އަލުން ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށާއި، އެމީހުންގެ ދިރިއުޅުން އާރާސްތުކޮށްދިނުމަށްޓަކައި ސުޢޫދީ ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދައިދީ، މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސުޢޫދީ ޢަރަބިއްޔާގެ އެކި ޖަލުތަކުގައި ބަންގްލާދޭޝްގެ ގާތްގަނޑަކަށް ހަތްހާސް ފަސްސަތޭކަ ރައްޔިތުން މިވަގުތު ބަންދުކޮށްފައި ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ޝަރުޢީ ޙުކުމްތަކުގެ ކޮޕީ ހޯދުމަށް ސުޢޫދީގެ ކަމާބެހޭ އިދާރާތަކުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށާއި، ބަންދުގައި ތިބި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިތުރު މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަންވެސް އެކަމަނާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު