އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރައްވައިފިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނަށް ހަމަލާއެއް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ކުރިއަށް އޮތް ވަގުތުތަކުގެތެރޭގައިވެސް އެފަދަ ފިޔަވަޅެއް ނެގިދާނެ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ އަސްކަރީ ހަމަލާއެއް ދިނުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.
އީރާނުން އެއްބަސްވުމެއް ގާއިމުކުރަން ބޭނުންވި ނަމަވެސް، އެ އެއްބަސްވުމުގައި އެގޮތަށް ހިފަހައްޓާނެކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ވާހަކަތަކާ ގުޅިގެން މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އީރާނުން ބުނެފައިވަނީ އެމެރިކާ އަދި އިސްރާއީލުން އިތުރު ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށެވެ.
ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފަރާތްތަކުން އަންނަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން މަޑުޖައްސާލުމަށާއި މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު