ޕާކިސްތާނުގެ މަގުބޫލު ޓީވީ އެކްޓަރު ހާރިސް ވަހީދު، އޭނާގެ ބައްޕައާއެކު ކުރި އުމްރާ ދަތުރުގެ ތެރެއިން ދިމާވި އަސަރުގަދަ އަދި އުފާވެރި މަންޒަރެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.
އިންސްޓަގްރާމްގައި ހާރިސް އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ މައްކާގެ ހުރުމަތްތެރި ބިމުގައި އޭނާގެ ބައްޕަ ފުރަތަމަ ފުރޮޅުލީ ގޮނޑިއެއްގައި އުޅުމަށްފަހު، ފަހުން އަމިއްލަ ދެފައިމައްޗަށް ތެދުވެ ހިނގާފައިދާ މަންޒަރެވެ.
މި ވީޑިއޯގެ ކެޕްޝަންގައި ހާރިސް ލިޔެފައިވަނީ، "މަގޭ ބައްޕަ ދިޔައީ ފުރޮޅުލީ ގޮނޑީގައި، އެކަމަކު އެނބުރި އައީ އަމިއްލައަށް ހިނގާފައި،" މިހެންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ކަންތަކަކީ ހާރިސްގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރުވި ކަމެކެވެ. ބައްޕަ އަމިއްލައަށް ހިނގާތަން ފެނުމުން ލޮލުން އުފާވެރިކަމުގެ ކަރުނަ އައި ކަމަށާއި، ﷲ ތައާލާގެ ހަޟްރަތަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯ ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ހާރިސްގެ ސަޕޯޓަރުންނާއި ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ވަނީ އޭނާގެ ބައްޕައަށް ހެޔޮ ދުއާކޮށް، ދުޅަހެޔޮކަމަށް އެދި މެސެޖުތައް ފޮނުވާފައެވެ.
ހާރިސް ވަހީދަކީ ޕާކިސްތާނުގެ މަޝްހޫރު ޑްރާމާ ސީރީޒްތައް ކަމަށްވާ "ސައްމީ"، "ދޯ ބޯލް" އަދި "ޖާން-އޭ-ޖަހާން" ފަދަ ޑްރާމާތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރެކެވެ.
އޭނާ ހިއްސާކުރި މި އަސަރުގަދަ މަންޒަރަކީ ބޮޑު ބަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ އާއިލާއަށް ހެޔޮ އެދުންތައް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު