އިނާޔަތްތަކާއި މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ ރިޔާސަތުން މި މައްސަލަ ބަލައިނުގަތުމަށް ނިންމެވީ، މިއީ އަދި މަޖިލީހުގެ ތަޅުމުގައި އިތުރަށް ވާހަކަދެއްކުމުގެ ފުރުސަތު އޮތް މައުލޫއެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައަކަށް ވާތީ ކަމަށް ބަޔާންކުރައްވައެވެ.
މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ ދަށުން އިދިކޮޅު އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި މި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ލިބިފައިނުވާ ދަނޑިވަޅެއްގައި، ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.
އަދި ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާއާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ ގުޅޭގޮތުން ޖޫން މަހު ހުށަހެޅި ގަރާރުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި ހުއްޓިފައިވާކަންވެސް އެ މައްސަލައިގައި ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ދައުލަތުގެ މާލީ ހާލަތަށް އަލިއަޅުއްވާލައްވަމުން، ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގާފައިވާ ދަނޑިވަޅެއްގައި، އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ދެކޮޅުނުޖެހޭ ކަމެއް ކަމަށް ބަޔާންކުރެއްވިއެވެ.
އަދި މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއަށްވުރެ 4.5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވެ، ދައުލަތުގެ ދަރަނި ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމުގެ ބިރުވެރިކަންވެސް އެ މައްސަލައިގައި ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު