މާލެއިން ވަގަށް ނަގާފައިވާ ސައިކަލެއްގައި ސައްހަ ނޫން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވަނިކޮށް ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދުގެ މުއްދަތަށް އިތުރު 16 ދުވަސް ކޯޓުން ދީފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކޯޓުން ކުރިން 10 ދުވަހަށް ބަންދުކުރީ އުމުރުން 29 އަހަރާއި 25 އަހަރުގެ ލަންކާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މުއްދަތު އިތުރު 16 ދުވަހަށް އިތުރުކުރަން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ މީހުން ބަންދުގައި ބަހައްޓަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ނަމަވެސް، މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންވެސް ވަނީ ފުލުހުންގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު