ފުލުހުންނާއި ސިފައިންނަށް ލިބެމުންދާ ފަދަ ރިޓަޔަމެންޓް އަދި ހެލްތު އިންޝުއަރެންސް ޕެކޭޖުތައް މުދައްރިސުންނަށް ވެސް ހަމަޖައްސައިދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުން އަމީން ވިދާޅުވީ، ތައުލީމީ ދާއިރާއަކީ ޒަމާނުއްސުރެ ސަރުކާރުތަކުން އެންމެ ބޮޑަށް އިހުމާލުވެފައިވާ ދާއިރާ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި މުދައްރިސުންގެ އަދަދު މަދުވަމުންދާ ކަމަށެވެ.
އަދި ދިފާއީ ވުޒާރާއަށް ކުރާ ހޭދައިގެ ނިސްބަތުން ތައުލީމީ ދާއިރާއަށް ހޭދަކޮށް، ޓީޗަރުންނަށް އެކަށީގެންވާ އިނާޔަތްތައް ދީފިނަމަ ގައުމަށް މާ ފާގަތި މުސްތަގުބަލެއް ފެނިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ރިސްކު އެލަވަންސް ނުލިބުމާއި ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް މަދުވުމުގެ ޝަކުވާތައް ލިބެމުންދާކަން މެމްބަރު ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވީ ތައުލީމީ ދާއިރާ ސިޔާސީ ފިކުރުތަކުން އެއްކިބާ ކުރަންޖެހޭ ކަމަށާއި، ޖުޑިޝަރީއެކޭ އެއްފަދައިން އެޑިއުކޭޝަން މިނިސްޓްރީއަކީ ވެސް ވަކި ބަޖެޓެއް ދީގެން ހިންގާ މިނިވަން މުއައްސަސާއަކަށް ހެދުން މުހިންމު ކަމަށެވެ.
އަދި ގައުމިއްޔަތު މާއްދާ އިތުރުކުރުމާއި އެކަޑެމިކް ކަލަންޑަރަށް ކުއްލިއަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ދަރިވަރުންނަށް ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރައްވައި، ސިޔާސީ ބޭނުންތަކަށް ތައުލީމީ ނިޒާމަށް ބަދަލުތައް ގެނައުމާ ދެކޮޅަށް އޭނާ ވާހަކަދެއްކެވިއެވެ.
އަމީންގެ ވާހަކަފުޅުގައި، އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ރަށްރަށުގެ ތައުލީމީ އުމްރާނީ މަޝްރޫއުތައް ހުއްޓި، ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ.
އެގޮތުން ށ. ގޮއިދޫ، ށ. ފޭދޫ، ށ. ބިލެތްފަހި އަދި ކަނޑިތީމުގެ ކްލާސްރޫމްތަކާއި ހޯލްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމަކީ މި ސަރުކާރުން އެ ދާއިރާއަށް ދިން ބޮޑު "ދޯކާއެއް" ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު