ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ސްކޭމްގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. ގަމަށް ނިސްބަތްވާ އެ ރަށު ލިލީނައިޓް، އަލީ ދާއިންއެވެ. އުމުރުން 21 އަހަރުގެ ދާއިން އެ މައްސަލައިގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ދާއިންގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ވެއެވެ. އެގޮތުން އެ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ބޭންކް ސްޓޭޓްމަންޓްއާއި ބޭންކުން ފުލުހުންނަށް ފޮނުވީ އީމެއިލް އަދި އޭގެ ރިޕްލައި ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު