އެމްޑީޕީގެ ރިޔާސީ ޓިކެޓްްއަށް ވާދަކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ ޝަހުސު ކަތިލަން ދައްކަމުންދާ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު އެފަދައިން ވިދާޅުވީ އެމަނިކުފާނު މިއަދު ހައްޔަރުކުރިކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެެވެ.
ޝާހިދު ވިދާޅުވީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އެހެންވެ މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އޭނާ އެދިވަޑައިގެންނެވިއެެވެ.
އެކި މައްސަލަތަކުގައި ނިމިގެން ދިޔަ ސަރުކާރުގެ އިސް ބޭފުޅުން ފުލުހަށް މީގެ ކުރިން ހާޒިރުކުރި ނަމަވެސް ޝާހިދު މިހާތަނަށް ވެސް ހާޒިރެއް ނުކުރެއެެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓްއަށް ޝާހިދު ވާދަކުރައްވާއިރު އެމނިކުފާނު ވަނީ ކެމްޕޭންވެސް ފައްޓަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު