މ. ދިއްގަރުގައި ތަރައްގީކުރާ 75 ހައުސިން ޔުނިޓްގެ ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، މި މަޝްރޫއު ދަށުން ސައިޓުގައި މިހާރު ކުރަމުންދަނީ ދެވަނަ ޔުނިޓުގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ކަމަށެވެ. 2024 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވޭ ކޮންމެ ހައުސިން ޔުނިޓެއްގެ ބޮޑުމިނުގައި 1000 އަކަފޫޓު ހުންނާނެއެވެ.
މި ޔުނިޓުތައް ފަރުމާކޮށްފައިވަނީ އާއިލާތަކަށް ދިރިއުޅެން ފަސޭހަވާނެ ފުރިހަމަ ވަސީލަތްތަކާ އެކުގައެވެ. އެގޮތުން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރިއާއި، ތިން ފާޚާނާއާއި، ސިޓިންގް ރޫމާއި، ބަދިގެއާއި، ކާގެއާއި، ލޯންޑްރީގެ އިތުރުން ސްޓޯރޫމެއް ހިމެނެއެވެ. މީގެއިތުރުން މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ކުޑަކުދިންގެ ޕާކަކާއި، ވެހިކަލް ޕާކުކުރާނެ ޚާއްޞަ ސަރަހައްދެއް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހި ސަރުކާރުންނާއި ޕީއެސްޕީން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 117 މިލިއަން ރުފިޔާއަށް ޖުމްލަ 420 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.
ދިއްގަރުގައި 1300 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާއިރު، ކުރީ ސަރުކާރުން ވަނީ އެރަށުގައި 25 ހެކްޓަރުގެ ބިން ހިއްކައި، 138 މީޓަރުގެ ބޭރުތޮއްޓަކާއި، 700 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްގެ އިތުރުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއް ޖަހައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަން އިޢުލާނު ކުރައްވާފައެވެ. އެގޮތުން މި ހައުސިން މަޝްރޫޢު އިތުރަށް ފުޅާކުރުމުގެ އިތުރުން، ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމާއި، ބަނދަރު ބޮޑުކުރުމާއި، އަދި ސްކޫލަށް އިތުރު ނުވަ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު