ދެމަފިރިން ވަރިވާ ހާލަތުގައި ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަން ނުގެއްލޭނެ ގޮތް ހެދުމަށްޓަކައި އާއިލާއާ ބެހޭ ގާނޫނަށް (ގާނޫނު ނަންބަރު 4/2000) މުހިންމު އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މި އިސްލާހު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާއިރު ކައިވެނިކޮށްގެން އުޅޭ މީހުންނަށް އިތުރު ޕޮއިންޓް ލިބޭގޮތަށް އޮތް ނަމަވެސް، ފްލެޓްގެ އެއްބަސްވުން ކޮންމެވެސް އެކެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި އޮންނާތީ ދިމާވާ މައްސަލަތައް ހައްލުކުރުމެވެ. އެގޮތަށް އޮތުމުގެ ސަބަބުން، ދެމަފިރިން ވަރިވާ ހާލަތުގައި ނަމުގައި ފްލެޓް ނެތް ފަރާތަށް އެތަނުގެ ހައްގު ގެއްލި މަގުމަތިވާ ކަމަށާއި، ހާއްސަކޮށް ދަރިން ބަލާ ފަރާތަށް ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަކީ މި ބިލުގެ މުހިންމު އެއް މަގުސަދެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި މުދާ ބެހުމުގެ އުސޫލުތައް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމާ ގުޅޭ ސާފު އުސޫލެއް ނެތުމުން ކޯޓުތަކަށް ވަނީ އެފަދަ މައްސަލަތައް ނިންމުމުގައި ދަތިތަކާ ކުރިމަތިވެފައެވެ. އެހެންކަމުން، މި ބިލުގެ ދަށުން ގާނޫނަށް 38-1 ވަނަ މާއްދާގެ ގޮތުގައި އައު މާއްދާއެއް އިތުރުކޮށް، ކައިވެނީގެ ތެރޭގައި ހޯދާފައިވާ ފްލެޓެއް ނުވަތަ އެއްބަސްވުމެއް އެކެއްގެ ނަމުގައި އޮތަސް އެއީ ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބިގެންވާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.
މި އިސްލާހުގެ ދަށުން، ދެމަފިރިން ވަކިވުމަށްފަހު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ދަރިން ބެލުމާ ހަވާލުވާ ފަރާތަށް އެތަނުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި އެކެއްގެ ނަމުގައި ތަން އޮތް ނަމަވެސް، އަނެއް ފަރާތުގެ ހައްގު ގެއްލޭގޮތަށް އެތަން ދޫކޮށްލުން، ވިއްކާލުން ނުވަތަ އެހެން ފަރާތަކަށް ނަން ބަދަލުކުރުން ފަދަ ކަންކަން ކުރުން މަނާކުރެވޭނެއެވެ.
މީގެ އިތުރުން، އެ ބޯހިޔާވަހިކަމަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުވަތަ ލޯނު އަދާކުރުމުގެ ޒިންމާވެސް ދެފަރާތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް ބަހާލުމުގެ އުސޫލު ކޯޓުން ކަނޑައެޅުމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު