ޗާނދަނީވިލާ / ސ. މަރަދޫފޭދޫ، ހުސައިން ޒަމީރު ނާސިރު (26އ)
ޗާނދަނީވިލާ / ސ. މަރަދޫފޭދޫ، ހުސައިން ޒަމީރު ނާސިރު (26އ)
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދ. އަތޮޅު ރިސޯޓެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ދ. އަތޮޅު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޗާނދަނީވިލާ / ސ. މަރަދޫފޭދޫ، ހުސައިން ޒަމީރު ނާސިރު (26އ) އެވެ.

މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ރިސޯޓުގެ ސީޕްލޭން ޕްލެޓްފޯމް މަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 27 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހުސައިން ޒަމީރު ނާސިރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ފުލުހުންދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް