އިމާރާތްތަކާ އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ގޮވާލި މައްސަލައިގައި މިދިޔަ މަހު 22 ވަނަ ދުވަހު ހައްޔަރުކުރި ހއ. ބާރަށް، ކުއްޅަވައްގެ، ޢަލީ ޖުމާން (ޑެތު) ގެ ފޯނު ނުހުޅުވޭކަމަށާއި އެ ފޯނު ތަހުލީލުކުރަން ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ޖުމާންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށް މިއަދު ނެރުނު ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާގޮތުން އޭނާ ގެންގުޅުނުކަމަށް ތުހުމަތުކުރެވޭ އައޑީގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ޕީޖީ އޮފީހާ ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި އެކްސްގެ އައިޑީގައި ހިމެނޭ އިތުރު ޕޯސްޓްތަކުން މީނާއާ އައިޑީއާ ގުޅުން އޮތްކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާކަމަށް ވެސް ބުންޏެވެ.
އަދި ޖުމާންގެ ފޯނުގެ ޕާސްވޯޑް އޭނާ ދީފައިނުވާއިރު ފޯނުގެ ލޮކްކޯޑް ކްރެކްކުރެވިފައިނުވާ ކަމަށްވެސް ބުންޏެވެ. އަދި އޭނާގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލްކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ މައްސަލަ ތަހުގީގުކުރާ އޮފިސަރު ބުނިކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ހުޅުޖެހުމަށް ގޮވާލައި އަދި ހިތްވަރު ދިނުމަކީ ޓެރެރިޒަމް މަނާކުރުމުގެ ގާނުނޫގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު