ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، ފުލުހުން ފެނިގެން ފިލަން އުޅުނު ދެ ޒުވާނަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަނެ، ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އދ. ދިއްދޫ، ނޫރާނީވިލާ، ޙުސައިން ޒަޔާން (21އ) އަދި މާލެ، ގ. ސިނަމާލެ 022-13، މުޙައްމަދު އިޔާޒް ޢަބްދުﷲ (21އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ފުލުހުން ބުނި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ މަގުތައް ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން، ސައިކަލެއްގައި އެ ސަރަޙައްދު ދޫކޮށް ފިލަން މަސައްކަތް ކުރުމުންނެވެ. އެ މީހުންގެ ހަރަކާތްތައް ހުރިގޮތުން ޝައްކުކުރެވިގެން ހުއްޓުވައި، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ފެނިފައެވެ.
އެގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ހަތް ދަޅާއި، ހަ ރަބަރު ޕެކެޓުގެ އިތުރުން 18 ސެލޯފިންކޮޅު އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަތުލައިގަނެވުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 297.4 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޙުސައިން ޒަޔާން 10 ދުވަހަށް އަދި މުޙައްމަދު އިޔާޒް ޢަބްދުﷲ ހަތް ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު