ދުނިޔޭގެ ގިނަ ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ އެއްވެސް ހާލެއްގައި ހިލޭ ލިބޭ އެއްޗެއް ނޫން ކަމަށާއި، އެއީ ވިޔަފާރީގެ އުސޫލުން ދެފަރާތަށް ވެސް ފައިދާވާ ގޮތަށް ހިންގޭ މުއާމަލާތެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އާންމުކޮށް ރެސިޑެންސީ ޕްރޮގްރާމްތައް ހިންގާ އުސޫލަށް ބަލާއިރު، ޑިވެލޮޕަރާއި ބިމުގެ ވެރިފަރާތާ ދެމެދު އެއްބަސްވުމެއް ގާއިމުކުރެވެނީ ރެސިޑެންސް (ގެއާއި ބިން އެކުގައި) ވިއްކުމަށް ކަމަށެވެ.
މިފަދަ ޕްރޮގްރާމްތަކުގެ މާލީ އޮނިގަނޑު ބިނާވެފައިވާ ގޮތް ތަފުސީލުކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި މުއާމަލާތުގައި ޑިވެލޮޕަރުގެ ފަރާތުން އިންވެސްޓްމަންޓް ނުވަތަ ކެޕިޓަލް ހިމަނާއިރު، ބިމުގެ ވެރިފަރާތުން ހިއްސާކުރަނީ ބިން ކަމަށެވެ. އަދި އެ ތަން ނިމި، ރެސިޑެންސް ވިކިގެން ދިޔުމުން، އޭގެ ވިޔަފާރީގެ ފައިދާ ނުވަތަ ރިޓާން އެ ދެފަރާތަށް ވެސް ލިބިގެންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، ވަކި އުސޫލަކަށް ރިއާޔަތްކުރާއިރު، އެންމެ އިސްކަންދޭންޖެހޭ ކަމަކީ ސަރުކާރު ނޫން ކަމަށާއި، އެންމެ މުހިންމު ކަމަކީ އެ ކަނޑައެޅޭ އުސޫލު ކަމަށެވެ.
"މީގެ މައިގަނޑު ބޭނުމަކީ އިގްތިސާދީ ހަރަކާތްތައް ފުޅާކޮށް ގައުމަށް ތަނަވަސްކަން ގެނައުމަށްޓަކައި، ރަށްރަށުގައި ފަތުރުވެރިންނަށް ދިރިއުޅެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. ސަރުކާރުތަކަކީ ކޮރަޕްޝަނާއި ބޭއިންސާފަށް ހުށަހެޅިފައިވާ ތަންތަނަށް ވީހިނދު، ސަރުކާރުތައް ޒިންމާދާރު ކުރުވުމަކީ ހުއްޓުމެއް ނެތި އަބަދުވެސް ކުރިއަށް ގެންދަންޖެހޭނެ މަސައްކަތެކެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ފަށަން މަސައްކަތްކުރާ ރެސިޑެންސީ އަދި އިންވެސްޓްމަންޓް ޕްރޮގްރާމްތަކާ ގުޅިގެން، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމާ މެދު އާންމުންގެ މެދުގައި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާޢީދު ކުރަށްވާ ކަމަށް އެމަނިކުފާނު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅުގައި އަލިއަޅުއްވާ ލައްވާފައިވަނީ މިފަދަ މަޝްރޫއުތަކަކީ ދެފަރާތުގެ ބައިވެރިވުމާއެކު ކުރިއަށްދާ ވިޔަފާރީގެ މޮޑެލްތަކެއް ކަމަށާއި، ބިން ދޫކޮށްލަނީ ހިލޭ ނޫންކަން ހާމަކޮށްދެއްވުމަށް ޓަކައެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ ބައެއް ބޭފުޅުންގެ ފަރާތުން ފެންނަމުންދާ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަށްވަމުން ނަޝީދު މީގެ ކުރިން ވިދާޅުވީ، ބޭރު މީހުންނަށް ނަފުރަތު ކުރުމާއި، ހަރުކަށި ވަތަނީ ވިސްނުންތަކަށް ޕާޓީގެ ތެރެއިން ޖާގަ ދިނުމަކީ އެމްޑީޕީ އުފެއްދި އަސާސްތަކާއި ސިޔާސީ އައިޑެންޓިޓީއާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު