ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ސްޕެއިން ކުޅުންތެރިން
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ސްޕެއިން ކުޅުންތެރިން
ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ވަރުގަދަ ޖަރުމަނު ލަދުގަންނަވާލުމަށްފަހު މުބާރާތުގެ ފައިނަލް ބުރުން ސްޕެއިން ޖާގަ ހޯދައިފި އެވެ.

މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 0-6 އިންނެވެ. ރޭގެ މެޗުގައި ސްޕެއިން އިން ޖަރުމަނު ކޮޅަށް ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޯރޭޒް އެވެ.

ރޭގެ މެޗުގައި ސްޕެއިންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 17 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ އެވެ. ދެވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ޓޯރޭޒް ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓް ފަހުން ރޮޑްރީ ލަނޑެއް ޖަހައި ނަތީޖާ 0-3 އަށް ބަދަލުކުރި އެވެ. އޭގެ ފަހުން ޓޯރޭޒް ދެ ގޯލް ކާމިޔާބުކޮށްދިންއިރު، ސްޕެއިން އިން ޖެހި ފަހު ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި އޮއްވައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކެލް އޮޔަޒަބެލް އެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ހަތަރު ޓީމު ވާދަކުރާ ފައިނަލް ބުރަށް ސްޕެއިން ރޭ ދަތުރުކޮށްފައިވާއިރު، ފްރާންސް އިން ވެސް ވަނީ ފައިނަލް ބުރުން ޖާގަ ހޯދާފައެވެ. އަނެއް ދެ ޓީމު ކަށަވަރު ވާނީ މިރޭ ކުޅޭ ގްރޫޕް އެކަކާއި، ދޭއް ގެ މެޗުތައް ނިމުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން