އދ. މަހިބަދޫ ފުޓުބޯޅަ ދަނޑު (ފޮޓޯ: ސޯޝަލް މީޑިއާ)
އދ. މަހިބަދޫ ފުޓުބޯޅަ ދަނޑު (ފޮޓޯ: ސޯޝަލް މީޑިއާ)
އދ. މަހިބަދޫގައި ޓާރފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ފުޓުބޯޅަ ދަނޑަށް ފީފާގެ ސަމާލުކަމަށް ލިބިއްޖެއެވެ.

ދުނިޔޭގެ ފުޓުބޯލައިގެ މައި އިދާރާ ފީފާގެ ރަސްމީ ޓްވިޓަރ އެކައުންޓުން މަހިބަދޫގެ ހިތްގައިމު ފުޓުބޯޅަ ދަނޑުގެ ވީޑިއޯއެއް މިއަދު ވަނީ ޙިއްސާކޮށްފައެވެ. އަދި އެފަދަ ހިތްގައިމު ދަނޑެއްގައި ފުޓުބޯޅަ ކުޅުނިންތޯ ފީފާ އިން ވަނީ ސުވާލު ކޮށްފައެވެ.

ފީފާގެ ޓްވީޓްގައި ވަނީ ރާއްޖޭގެ ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން އިމްރާން މުޙައްމަދާއި، ޤައުމީ ޓީމްގެ ކުރީގެ ފޯވާޑް އަޙްމަދު ޠާރިޤް ގެ މަސައްކަތަށް ތަޢުރީފް ކޮށްފައެވެ. މި ދެކުޅުންތެރިންނަކީ މަހިބަދޫއަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އަދި މި ދަނޑު ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރި ވެފައިވަނީވެސް މި ދެ ކުޅުންތެރިންނެވެ.



ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހީނަރުވެފައިވާ މިފަދަ ދުވަސްވަރެއްގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ރާއްޖޭގެ ހިތްގައިމު ފުޓުބޯޅަ ދަނޑެއްގެ ވީޑިއޯ އެއް މިގޮތަށް ޓްވީޓް ކުރުމަކީ ދުނިޔެއަށް ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެ ކަމެކެވެ. އަދި މިއީ ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމަށް ލިބޭނޭ ބާރެކެވެ. ފީފާއިން ކޮށްފައިވާ ރާއްޖެއާބެހޭ މި ޓްވީޓް އެތައް ހާސް ބަޔަކު މިހާރުވެސް ވަނީ ރިޓްވީޓްކޮށްފައެވެ. އަދި އެ ޓްވީޓަށް ކޮންމެންޓް ކުރަމުންދާ ފަރާތްތަކުގެ ތަޢުރީފު ރާއްޖެއަށް އޮހެމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގެ ޤައުމީޓީމްގެ ކުރީގެ ލެޖެންޑުން ކަމަށްވާ އިމްރާން އާއި، ޠާރިޤްގެ މަސްއޫލުވެރިކަމުގައި އުފައްދާފައިވާ މަހިބަދޫ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން ޓޫރިޒަމް ދާއިރާގެ އެހީގައި މަހިބަދޫގައި އަޅާފައިވާ މި ދަނޑަކީ އޭއެފްސީ ކަޕުގެ މެޗުތައް ވެސް ކުޅެވޭ ފެންވަރުގެ ދަނޑެކެވެ. މި ދަނޑުގައި ޓާފް އިންސްޓޯލްކުރުމުގެ މަސައްކަތްކޮށްފައިވަނީ ޓާފް އެޅުމަށް ފީފާގެ ރުހުން ދީފައިވާ ނުވަ ކުންފުނީގެ ތެރޭގައި ހިމެނޭ ގްރީން ފީލްޑުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-14

ޣައިސް

25-Nov-2020

ފީފާ މީހުނަށް ހާދަ ކަމެ އް ނުވެޔޭދޯ. ދެން ދުނިޔޭގަ މިއަށްވުރެ މާ ފައްކާ ދަނޑުތައް އެބަހުއްޓެންނު. އެމީހުނަށްނުފެންނަނީ ތޯއްޗެއް.



ޓްރެންޑިން