ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ރާއްޖޭގައި ވިހާތާ 1 މަސް ނުފުރޭ ކުޑަކުދިން މަރުވާ ނިސްބަތް ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލް އަގުއާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ރާއްޖޭގައި 5 އަހަރުގެ ދަށުގެ ކުޑަކުދިން މަރުވާ ނިސްބަތް މިހާރު ދަށްކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އުފަންވާ ކުޑަކުދިންގެ ތެރެއިން 1 މަސްނުވާ ތުއްތު ކުދިން މަރުވާ ނިސްބަތް ކުޑަކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ސިއްހަތު ގުޅިލާމެހިފައިވަނީ މައިންގެ ސިއްހަތާއި ދުޅަހެޔޮ ކަމަށެވެ. ކޮންމެ ކުއްޖަކީ ބޭނުންވެގެން ހޯދާ ކުއްޖަކަށްވުމަށްޓަކައި ދުރާލައި ތައްޔާރުވެެގެން މާބަނޑުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ރައްކާތެރިކަމާއެކު ވިހެއުމުގެ ކަންތައްތައް ކުރިއަށްދާނެ ކަން ޔަގީން ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތުއްތު ކުދިންގެ ފުރަތަމަ ހަމަސްދުވަހު ގާތުން ކިރު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާބަނޑު ދުވަސްވަރަކީ ދުޅަހެޔޮ ދުވަސްވަރަކަށް ވާންޖެހޭ، ތުއްތު ކުދިންގެ ހަޔާތުގެ ފުރަތަމަ ހަމަސް ދުވަސް ހަމައެކަނި ގާތުން ކިރުދިނުމަށް ބޭނުންވާ ކަންކަން ފަހިވެފައިވޭތޯ ޔަގީން ކުރުމަށް އަޅުގަނޑުމެން އިތުރު ސަމާލުކަމެއް ދޭންޖެހޭ ކޮންމެ ކުއްޖަކަށް ވެސް ދިރިއުޅުން ރަނގަޅަށް ފަށައިގަތުމަށް އެންމެ މުހިންމީ ގާތުން ކިރު ދިނުން މިއީ ފަސޭހަ ކަމާއެކު ޚަރަދު ކުޑަކޮށް ތުއްތު ކުއްޖާގެ ދުޅަހެޔޮ ސިއްހަތާއި ހެދިބޮޑުވުން ޔަގީން ކުރެވޭނެ ގޮތެއް ކަނޑައެޅިފައިވާ ތާރިޚާ އެއްގޮތަށް ވެކްސިންޖަހާ ގާތުން ދިނުމަކީ މާދަމާ އަށް ކުޑަކުދިންނަށް ފޯރުކޮށްދެވޭނެ އެންމެ ބޮޑު ރައްކާތެރިކަން" ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ނަސީމް ފުރާވަރުގެ ކޮންމެ ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ލިބުމުގެ މަންފާ ލިބިގެންދާނެ ކަން ޔަގީންކުރުމުގެ ގޮތުން ސިއްހީ ޚިދުމަތް ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ކޮވިޑް 19ގެ ބަލިމަޑުކަމާއެކު ފަރުވާ އަށްވުރެ ރައްކާތެރިކަން އިސްކުރާ މުޖުތަމައަށް އަޅުގަނޑުމެން ވާންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮވިޑް-19ގެ ސަބަބުން އަޅުގަނޑުމެންގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ކުޑަކުދިންނާއި އާއިލާތަކަށް ދެވޭނެ ފަދަ ކުޅަދާނަ އިންސާނީ ވަސީލަތްތައް ގާއިމްކުރުމުގެ ފުރުސަތު މިވަނީ ފަހިވެފައި." މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން