ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން
ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން
ވާދަވެރި ދެ މެނޭޖަރުންކަމަށްވާ ހޯޒޭ މޮރީނިއޯ އާއި، ޕެޕް ގާޑިއޯލާ ގެ ކުރިމަތިލުން މޮރީނިއޯ ކޮޅަށް ބުރަވެގެން ނިމިއްޖެއެވެ.

ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީން ކުޅުނު މެޗު ޓޮޓެންހަމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމުން ޖެހި ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަސްވަނަ މިނެޓްގައި ދެކުނު ކޮރެޔާގެ ފޯވާޑް ސޮން އެވެ. ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި ޓޮޓެންހަމް އަށް ކާމިޔާބުކޮށްދީފައިވަނީ އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ އެވެ.

ޓޭބަލްގެ އެއްވަނައިގައި މިވަގުތު އޮތް ޓޮޓެންހަމް އަތުން ރޭ 0-2 އިން ސިޓީ ބަލިވިއިރު އެ ޓީމު މިވަގުތު އޮތީ ކުޅުނު އަށް މެޗުން ލިބުނު 12 ޕޮއިންޓާއެކު ޓޭބަލްގެ 11 ވަނައިގަ އެވެ.

ޕްރިމިއަރ ލީގުގައި މިރޭވެސް ފޯރިގަދަ މެޗްތަކެއް ކުޅޭނެއެވެ. ލީގުގައި މިރޭ ކުޅޭ އެންމެ ވާދަވެރި މެޗަކަށް ވާނީ ލެސްޓާ އާއި ލިވަޕޫލް ވާދަކުރާ މެޗެވެ. އެ މެޗުން ލެސްޓާ މޮޅުވެއްޖެ ނަމަ އެޓީމަށް އަލުން އެއް ވަނަ މަގާމް ލިބޭނެ އެވެ. ލިވަޕޫލް މޮޅުވެއްޖެ ނަމަ އެޓީމަށް އެއް ވަނައިގައި އޮތް ޓޮޓެންހަމާއި ޕޮއިންޓުގެ ގޮތުން ހަމަ ކުރެވޭނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން