އަލީ އަޝްފާޤު (ދަގަނޑޭ)
އަލީ އަޝްފާޤު (ދަގަނޑޭ)
އޭއެފްސީ އިން ކުރިއަށް ގެންދާ ބްރެކެޓް ޗެލެންޖްގެ ފައިނަލަށް ރާއްޖޭގެ އަލީ އަޝްފާޤް (ދަގަނޑޭ) ދަތުރުކޮށްފިއެވެ.

އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ބްރެކެޓް ޗެލެންޖުގެ ފައިނަލަށް ދަގަނޑޭ ދަތުރު ކޮށްފައިވަނީ، ސެމީ ފައިނަލުގައި ވިއެޓްނާމުގެ އެންގުއެން ކުއެންގް ހައި ބަލިކޮށްފައެވެ.

ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އޭއްފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.



އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް ދަގަނޑޭގެ ޓްވީޓްގައި ވެއެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި ހިމެނެނީ އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ލަނޑުތަކުގެ މެދުގައި ކުރިއަށްދާ މި ޗެލެންޖުގައި ދަގަނޑޭގެ ލަނޑުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 ން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހައިދިން ރީތި ހިތްގައުމު ސޯލޯ ލަނޑެވެ. އެ ލަނޑު ވަނީ މީގެ ކުރިން އޭއެފްސީން ހޮވި އެންމެ މޮޅު ސޯލޯ ލަނޑަށްވެސް ހޮވިފައެވެ.

އެ ލަނޑު އޭނާ ޖަހާފައިވަނީ ޕާސިބޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލްކީޕަރު ދެ ކޮޅަށް ތަޅުވާލުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން