ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އާއި ޔުވެންޓަސް ވާދަކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ.
ދުނިޔޭގައި މިވަގުތު ތިބި އެންމެ ވާދަވެރި ދެ އެތްލީޓުން ކަމަށްވާ، ރޮނާލްޑޯ އާއި މެސީ 2018 ވަނަ އަހަރުގެ މެއި މަހުގެ ފަހުން އެކަކު އަނެކާކާ ދެކޮޅަށް ކުޅުނު މިމެޗު ޔުވެންޓަސް ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އިންނެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލް ކާމިޔާބު ކޮށްފައެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑަކީވެސް ޔުވެންޓަސް އަށް ލިބުނު ދެ ޕެނަލްޓީން ކާމިޔާބުކުރި ދެ ލަނޑެވެ. ޔުވެންޓަސް ގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ މިކްކެނީ އެވެ. މި މެޗުގައި ބާސެލޯނާގެ މެސީ ހަތް ހަމަލާއެއް ޔުވެންޓަސް ގެ ގޯލަށް ފޮނުވާލި އެވެ. ނަމަވެސް ޔުވެންޓަސްގެ ގޯލް ބަލަހައްޓަމުން ދިޔަ ޢުމުރުން 42 އަހަރުގެ ތަޖުރިބާކާރު ކީޕަރު ޖިއަން ލުއިޖީ ބުފޮން ވަނީ މެސީ ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މި ދެޓީމްގެ ފުރަތަމަ ލެގް 2-0 އިން ކާމިޔާބު ކުރީ ބާސާއެވެ. ރޭގެ ނަތީޖާ އާއި އެކު މި ގްރޫޕްގެ އެއްވަނަ ލިބިފައިވަނީ ޔުވެންޓަސް އަށެވެ.

ކިޔުންތެރިންގެ ހިޔާލު