ކަރީމް ބެންޒެމާ
ކަރީމް ބެންޒެމާ
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގްރޫޕްގެ ފަހު މެޗު ކާމިޔާބުކޮށް ރިއަލް މެޑްރިޑް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ދެ ގޯލުވެސް ޖަހައިފައިވަނީ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ އެވެ. ފުރަތަމަ ލަނޑު މެޗުގެ ނުވަ ވަނަ މިނެޓް ގައި ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު ބެންޒެމާ ޖެހީ 31 ވަނަ މިނެޓްގަ އެވެ. މި ދެލަނޑުވެސް ބެންޒެމާ ކާމިޔާބުކުރީ ބޮލުން ޖަހައެވެ.

ރޭގެ މެޗުގައި ބޮރޫޝިއާގެ ފަރާތުން މާ ރަގަޅު ކުޅުމެއް ފެނިފައެއް ނުވެއެވެ. އެ ޓީމަށް މެޗުގައި ރެއާލްގެ ގޯލަށް ފޮނުވާލެވުނީ ވެސް އެންމެ ހަމަލާ އެކެވެ. އެއާ ހިލާފަށް ރޭގެ މެޗުގައި އިތުރު ގިނަ ލަނޑުތަކެއް ޖެހުމާ ގާތަށް ރެއާލް މެޑްރިޑް ގޮސްފައިވެ އެވެ. މިގޮތުން ރެއާލްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބޮރޫޝިއާގެ ގޯލަށް ވައްދާލި ބޯޅައެއް ލަނޑަކަށް ނުވިއިރު ބެންޒެމާ އާއި ވަޒްކޭޒް ފޮނުވާލި ދެ ބޯޅައެއް ގޯލު ދަނޑީގައި ޖެހިފައިވެސް ނުކުތެވެ.

ރޭގެ ނަތީޖާއާއެކު ރެއާލް މެޑްރިޑަށް ވަނީ ގްރޫޕްގެ އެއްވަނަ ލިބިފަ އެވެ. ރޭގެ މެޗުން ބަލިވި ބޮރޫޝިއާ ވެސް ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

ރޭ ޖަރުމަނުގެ ބަޔާން މިއުނިކާއި، ލޮކޮމޮޓިވް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ބަޔާން ވަނީ ދެވަނަބުރަށް ދަތުރުކޮށްފައެވެ. އެ ގްރޫޕުން އެތްލެޓިކޯ މެޑްރިޑްވެސް ވަނީ ސަލްޒްބާގުގެ މައްޗައް ކުރިހޯދައި ދެވަނަބުރަށް ދަތުރުކޮށްފައެވެ. އަދި މެންޗެސްޓަރ ސިޓީ ވެސް ވަނީ 2-0ގެ ނަތީޖާއަކުން މާސޭ ބަލިކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި އެއްވެސް މެޗަކުން ބަލިނުވެ ދެވަނަބުރަށް ގޮސްފައެވެ. އެ ގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި ޕޯޗުގަލްގެ ޕޯޓޯ ވެސް ދެވަނަ ބުރުން ޖާގަ ހޯދާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން