ލިވަޕޫލްގެ މުޙައްމަދު ޞަލާޙް
ލިވަޕޫލްގެ މުޙައްމަދު ޞަލާޙް
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗް އެއްވަރުވީ ނަމަވެސް ލިވަރޕޫލް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. އަދި ޕީއެސްޖީ ވެސް ވަނީ ރޭ ކުޅުނު މެޗް ކާމިޔާބު ކޮށްފައެވެ.

ރޭ ގުރޫޕް ޑީގައި އެފްސީ މިޖިލޭންޑާ ދެކޮޅަށް ލިވަޕޫލު ކުޅުނު މެޗުގައި ގޯލު ޖަހައިގެން ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ވަނީ ހޯދައިފައެވެ. މި ރިކޯޑް މީގެ ކުރިން އޮތީ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑްގެ އަތުގަ އެވެ. ރޭގެ މެޗުގެ 55 ވަނަ ސިކުންތުގައި ސަލާހު ޖެހި ގޯލަކީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް އޭނާ ކާމިޔާބުކޮށްދިން 22 ވަނަ ގޯލެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލިވަޕޫލުން މިހާތަނަށް އެންމެ އަވަހަށް ކާމިޔާބު ކުރި ގޯލެވެ.

ރޭގެ މެޗަށް ނުކުތްއިރުވެސް ލިވަޕޫލަށް އޮތީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަރުވެފަ އެވެ. ރޭގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭ ގްރޫޕް އެޗްގެ ފަހުމެޗުގައި އިސްޓަންބުލް ބަސެކްޝިރް އާއި ޕީއެސްޖީ ރޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޕީއެސްޖީ ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗް ޕީއެސްޖީ ކާމިޔާބު ކުރީ 1-4 ގެ ނަތީޖާ އިންނެވެ.

މެޗްގެ 21 ވަނަ މިނެޓުގައި ނޭމާގެ ގޯލަކުން ޕީއެސްޖީ އަށް ލީޑު ލިބިފައިވާއިރު، ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ އެޓީމުގެ ލީޑު ފުޅާ ކޮށްދީފައެވެ. އަދި ހާފް ނިމުމުގެ ކުރިން ނޭމާ ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ނޭމާގެ ތިންވަނަ ގޯލު ފެނިގެން ދިޔައިރު އޭގެ އިރުކޮޅެއް ފަހުން އެމްބާޕޭވެސްވަނީ އިތުރު ގޯލެއް ޖަހާފައެވެ. އިސްޓަންބުލް ބަސެކްޝިރުގެ ހަމައެކަނި ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެހްމެތު ޓޯޕާލްއެވެ.

ރޭގެ ނަތީޖާއާ އެކު މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ވަނީ ޕީއެސްޖީ އާއި، ޖަރުމަނުގެ ލައިޕްޒިގްއެވެ. މެންޗެސްޓާ ޔުނައިޓެޑުވެސް ވަނީ 9 ޕޮޮއިންޓާއި އެކު މުބާރާތުން ކަޓާފައެވެ. މި މުބާރާތުގެ ދެވަނަ ބުރުގެ ގުރުއަތުލުން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން