ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ޜެއާލް މެޑްރިޑްގެ ކުޅުންތެރިން
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ޜެއާލް މެޑްރިޑްގެ ކުޅުންތެރިން
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް ގެ މައްޗަށް ރެއާލް މެޑްރިޑް 2-0 އިން ކުރިހޯދައިފިއެވެ.

ލީގު ޓޭބަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ރެއާލް ކުރިހޯދި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައިވަނީ ބްރެޒިލްގެ ކަސެމީރޯ އެވެ. މެޗުގައި ރެއާލް އިން ޖެހި ދެވަނަ ލަނޑު ކަވާހާލް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގައެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

މި ނަތީޖާ އަކު ރެއާލް މެޑްރިޑް މިވަގުތު އޮތީ 23 ޕޮއިންޓާއެކު ތިންވަނައިގަ އެވެ. ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާ ރެއާލް އާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ.

ޓޭބަލްގެ އެއްވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ރެއާލް އަށްވުރެ އިތުރަށް ތިން ޕޮއިންޓް ހޯދައިގެން 26 ޕޮއިންޓާ އެއްކޮށެވެ. މިއީ މި ސީޒަނުގެ ލީގުގައި އެތުލެޓިކޯ ބަލިވި ފުރަތަމަ މެޗެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން