މިޔަންމާ
މިޔަންމާ
މިޔަންމާގައި އައު އަހަރާއި ގުޅުވައިގެން ރިޔާސީ މާފު ލިބޭ 25 ވަރަކަށް ގައިދީން ދޫކޮށްލުމަށް ތައްޔާރު ވަމުންދާކަމަށް އެގައުމުން އިއުލާނުކޮށްފިއެވެ.

މިޔަންމާގެ ރައީސް، ވިން މްޔިންޓްގެ އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ތިގްޔަން" ގެ ބަންދާއި ގުޅިގެން އެގައުމުން 25،000 އާއި ގާތްކުރާ އަދަދަކަށް ގައިދީން މިނިވަން ކުރާނެކަމަށެވެ.

އެސޯސިއޭޓެޑް ޕްރެސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އައު އަހަރާއި ގުޅުވައިގެން ރިޔާސީ މާފު ދިނުމަކީ އައު ކަމެއް ނޫންނަމަވެސް، މިޔަންމާއިން ދޫކުރަން ނިންމާފައިވާ ގައިދީންގެ އަދަދަކީ ފަހުގެ ތާރީހެއްގައި ރިޔާސީ މާފުގެ ދަށުން ގައިދީން މިނިވަންކުރާ އެންމެ ގިނަ އަދަދު ކަމަށެވެ.

ގައިދީން ދޫކުރަނީ މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ބިރުވެރިކަން ޖަލުތަކަށްއޮތުމުންކަމަށް ރިޔާސީ ބަޔާނުގައި ފާހަގަކޮށްފައެއް ނުވެއެވެ.

އިންސާނީ ހައްގުތަކާއި ބެހޭ ގުރޫޕަކުން އަންދާޒާކޮށްފައިވާގޮތުގައި ތޮއްޖެހިފައިވާ މިޔަންމާގެ ޖަލުތަކުގައި ގާތްގަނޑަކަށް 92،000 މީހުން ޝަރީޢަތުގެ އިންތިޒާރުގައި ވެސް އެބަ ތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން