ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މެޓްރިކްސް މޯޑް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މެޓްރިކްސް މޯޑް
ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު، މެޓްރިކްސް މޯޑުގެ މައްޗަށް ދަޢުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުންނަވައިގެން މުޙައްމަދު ރަޝީދު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ދަޢުވާއެވެ.

އެގޮތުން ޕޯޓްސް ލިމިޓެޑްގެ 16 މުވައްޒަފެއް, މުޙައްމަދު ރަޝީދުވެސް ހިމެނޭހެން، އޮފީހަށް ޙާޒިރުވާން ނުޖެހޭގޮތަށް ރައީސް ޔާމީންގެ ކެމްޕެއިނަށް ވީއްލައި، އެ މުވައްޒަފުންނަށް މުސާރަ ދީފައިވާ މައްސަލައަކާއި، އަދި އެ މުވައްޒަފުން އޮފީހަށް ޙާޟިރުވިކަން ދެއްކުމަށް އެޓެންޑެންސް ސިސްޓަމަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

އެ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބި އިރު، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވާ ދުވަސްތަކަށްވެސް މުސާރައާއި އެލަވަންސް ދީފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.

އެ އަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނުނުގައި ބުނާފަދަ ކުށެއްކަމަށްވާތީ، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުހައްމަދު ރަޝީދު (ވެލްކަމް / ސ.ހިތަދޫ) އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ ކަމަށް އޭސީސީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން