އިނގިރޭސި ޕްރިމިއަރ ލީގުގައި ފަހަތުންއަރައި ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ރޭ ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރީ 2-3 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ފަސްވަނަ މިނެޓްގައި ލީޑު ނެގީ ޝެފީލްޑް ޔުނައިޓެޑުންނެވެ. އެޓީމްގެ ގޯލްކީޕަރ ޑީން ހެންޑަސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޝެފީލްޑް ޔުނައިޓެޑަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް އޮލިވަރ ބާކޭ އެވެ. އެޓީމްގެ ދެވަނަ ގޯލް، އަދި މެޗްގެ ފަހު ގޯލް މެޗް ނިމެން ތިން މިނެޓަށް ވެފައި އޮއްވައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެކް ގޯލްޑިރިކް އެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓްގައި ޑިފެންޑަރު ވިކްޓާ ލިންޑެލޯފް ދިން ބޯޅައަކުން ކާމިޔާބުކުރީ ފޯވާޑް މާކަސް ރެޝްފޯޑެވެ. އަދި އޭގެ ހަތް މިނެޓް ފަހުން ޔުނައިޓެޑްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާ ދިން ޕާހަކުން އެންތަނީ މާޝިއަލް ގޯލު ޖަހައި ޔުނައިޓެޑަށް ލީޑު ހޯދައިދިނެވެ. ޔުނައިޓެޑަށް މެޗުގައި ލީޑު ފުޅާކޮށްދިން ލަނޑު 51 ވަނަ މިނެޓްގައި މާޝިއަލް ދިން ބޯޅައަކުން އަނެއްކާވެސް ކާމިޔާބުކުރީ އުމުރުން 23 އަހަރުގެ އިނގިރޭސި ފޯވާޑް ރެޝްފޯޑެވެ. ބޮލުން ޖަހައި ޔުނައިޓެޑް ގެ ގޯލަށް ބޯޅަ ވައްދާލުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ޔުނައިޓެޑަށް ކުރިމަތިވި އެވެ. އެކަމަކު މެޗު ނިމުނީ ފަހު ވަގުތު ޝެފީލްޑް ޔުނައިޓެޑުން ޖެހި ލަނޑުގެ ފައިދާ އެ ޓީމަށް ނުނެގި އުޅެނިކޮށެވެ
ރޭގެ ނަތީޖާއާއެކު 23 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ހަވަނައިގައި ޔުނައިޓެޑް އޮތްއިރު އެޓީމާއި އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތީ އެންމެ ފަސް ޕޮއިންޓްގެ ފަރަގެކެވެ. ލިވަރޕޫލް ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ވުރެ އިތުރަށް އެއް މެޗް ކުޅެފައެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ލީގުގައި ދެންއޮތީ އަންނަ އާދީއްތަ ދުވަހުގެ ރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު