ގއ. ދެއްވަދޫ (ފޮޓޯ: ސޯޝަލް މީޑިއާ)
ގއ. ދެއްވަދޫ (ފޮޓޯ: ސޯޝަލް މީޑިއާ)
ގއ. ދެއްވަދޫން އިތުރު 2 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ޢަދަދު 41 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދެއްވަދޫން މިއަދު އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ރަށުގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 35 އަށް ވަނީ އަރައިފައެވެ. ގއ.ދެއްވަދޫ ކްލަސްޓަރ އިން ފުރަތަމަ ޕޮޒިޓިވްވީ ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާއި ގުޅުންހުރި ކޭސްއެކެވެ. އެއީ 24 ޑިސެމްބަރުގައެވެ. އެ ހަފްލާއަށް ދިޔަ އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކު ހޯމްކަރަންޓީނުގައި ހުއްޓައި އޭނާއާ ބައްދަލުވި ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ފަހުން ދެއްވަދޫން 35 މީހަކު ޕޮޒިޓިވްވެފައިވާއިރު ހުޅުމާލެ ފްލެޓަކުން 2 މީހަކާއި ލ.ފޮނަދޫއިން 4 މީހުން ވަނީ މި ކްލަސްޓަރގެ ތެރެއިން ޕޮޒިޓިވް ވެފައެވެ.

މިކަމާއި ގުޅިގެން އެ ރަށުގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަމަށް ނިންމައި މުޖުތަމައުގައި ބަލި ފެތުރުން ހުއްޓުވުމަށް ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އެގޮތުން، ޖަމާއަތުގައި ނަމާދުކުރުމާއި ރަށަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ. މި ކޭސްތަކާއި ގުޅިގެން އެޗްއީއޯސީން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭ އިން ފަހުން ބުނެފައިވަނީ އެރަށުގައި ބަލި ފެތުރިފައިވަނީ ކުޑަ ކުއްޖާގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ ކްލަސްޓަރ އާއި ގުޅިގެން ލ. ފޮނަދޫ އާއި އެ ރަށާ ގުޅިފައި އޮންނަ ގަން މިހާރު ވަނީ މޮނީޓަރިން ހާލަތުގައެވެ. ދެއްވަދޫން 200 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާ އިރު، މިހާރު ވެސް ސާމްޕަލް ނަގަމުން އެބަ ދެއެވެ. އަދި ލ. އަތޮޅުގެ ރަށްތަކުންވެސް ދަނީ ރެންޑަމް ސާމްޕަލް ނަގަމުންނެވެ. މީގެ އިތުރުން ގއ. ވިލިނގިއްޔާއި، ގދ. ތިނަދޫގައި ރެންޑަމް ސާމްޕަލް ވަރަށް އަވަހަށް ނަގަން ފަށާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ ދެއްވަދޫއިން އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހެއްނަމަ އެކަން އަންގައި ކަރަންޓީނުވުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން