ކޯވިޑް-19 އާއި ގުޅިގެން އިންޑޮނޭޝިއާގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ހާލަތުގައި ކަރަންޓީނުގެ ޤަވާޢިދުތަކާއި ޚިލާފުވާ ފަރާތްތައް އިތުރުވަމުންދާތީ އެފަދަ މީހުން ދެން ބަންދު ކުރާނީ ފަޅުގެތަކުގައި ކަމަށް ސްރާގެން ސަރަހައްދާއި ހަވާލުވެ ހުންނެވި ލީޑަރު ވިދާޅުވެއްޖެއެވެ.
އިންޑޮނޭޝިޔާގެ ސްރާގެން ސަރަހައްދާއި ހަވާލުވެ ހުންނެވި ކުސްޑިނާރ އުންޓުންގ ޔޫނީ ސުކޮވާޓީ ވިދާޅުވީ ވެރިރަށް ޖަކާރޓާގައި ފުރަބަންދު އިއުލާނުކުރުމާއެކު، ވަރަށް ގިނަ ބަޔަކު އެސަރަހައްދަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އަންނަ ހުރިހާ މީހުންނަކީ 14 ދުވަސް ވާންދެން ކަރަންޓީނުވާން ޖެހޭ މީހުންކަން އެމީހުން ގަބޫލުނުކުރާ ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އާބާދީ ބޮޑު ސްރާގެން ސަރަހައްދުގައި ބަލި ފެތުރުނަ ނުދީ ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ކަރަންޓީނުގެ ގަވައިދުތަކާއި ޚިލާފުވާ މީހުން ފަޅުގެތަކުގައި ބަންދުކުރަން ނިންމާފައިވާ ކަމުގައި ސުކޮވާޓީ ވިދާޅުވިއެވެ. އިންޑޮނޭޝިއާގެ ރައްޔިތުންނަކީ ފަޅުގެތަކުގެ ނާމާންކަން ގަބޫލުކޮށް އެކަމާ ބިރުގަންނަ ބަޔަކަށްވާތީ މިއީ އެމީހުންގެ އެއްބާރުލުން ހޯދުމަށް އެންމެ ރަނގަޅު އެއް ގޮތްކަމުގައިވެސް ސުކޮވާޓީ ވިދާޅުވިއެވެ
އަރަބް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގައި ނާމާންކަމަށް އަޑުފެތުރިފައިވާ ފަޅުގެތައް ކަރަންޓީނު ފެސިލިޓީތަކަށް ބަދަލުކޮށް މިހާތަނަށް 5 މީހަކު ވަނީ މިތަންތަނުގައި ބަންދުކުރެވިފައެވެ.
އިންޑޮނޭޝިއާގެ ސެޕަޓް އަވަށުގައިވެސް ވަނީ އެފަދަ ގެތަށް ހޯދައި އެތަންތަނަށް އެނދު ވައްދައި މީހުންނަށް ނިދޭނެ ގޮތް ހަދާފައެވެ. އަދި ކޮންމެ އެނދެއްވެސް ބަހައްޓާފައި ހުންނަނީ އެކަކު އަނެކަމަށް ނުފެންނަ ގޮތަށް ފަރުދާ ދަމާ ވަކިކޮށްފައެވެ. މި އަވަށުގެ ފަޅުގެ ތަކުގައި މިހާތަނަށް 3 މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ.
އިންޑޮނޭޝިއާގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7,135 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 616 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު