ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އެންމެ މީހެއްގެ 640 ކޮންޓެކްޓްސް އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުހައްމަދު އަފްޒަލް ވިދާޅުވީ މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 76، 77 އަދި 78 އާ ގުޅިގެން ޓްރޭސްކުރި އިރު އެ ތިން ކޭސްގެ ކޮންޓެކްޓްގައި މައި ދެ ހަބެއް ހިމެނޭ ކަމަށެވެ.
"އޭގެ ތެރެއިން އެއް ހަބްގައި 640 ކޮންޓެކްޓް، އަދި އަނެެއް ހަބްގައި 50 އަށް ވުރެ ގިނަ ކޮންޓެކްޓް ހިމެނޭ. މީގެ އިތުރުން ބޭންކް އޮފް ސިލޯންގަައި ޕޮޒިޓިވްވި ކޭހާ ގުޅޭ 14 ކޮންޓެކްޓް، ހިމެނޭ. އަމީން ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާ، ކޭސް 74 އާ ގުޅޭ ތިން ކޮންޓެކްޓްފެނުނު އިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައި." ޑރ.އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ފާހަގަކުރެއްވި 76، 77 އަދި 78 ވަނަ ކޭސް އަކީ ބަންގްލަދޭޝްގެ ތިން ރައްޔިތުންނެވެ.
މީގެ އިތުރުން މިއަދު ޕޮޒިޓިވްވި ސިފައިންގެ މީހާ އާއި ބައްދަލުވި 41 މީހަކު ވެސް އެބަތިބި ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު މިހާތަނަށް ރާއްޖެއިން ވަނީ މިބައްޔަށް 84 މީހުން ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 39 ދިވެހިންނާއި 45 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު