ތުރުކީގައި ވައިރަސް ފެތުރުން ކޮންޓްރޯލްވެ ޖޫން މަހުގައި އާންމު ހާލަތަށް ރުޖޫޢަ ވެވިދާނެކަމަށް ގަބޫލުކުރައްވާކަމުގައި ތުރުކީ ވިލާތުގެ ރައީސް ރެސެޕް ތަޔިޕް އޭރްދޮޣާން ވިދާޅުވެއްޖެއެވެ.
އަލްއަރަބިއްޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ތުރުކީގެ ސަރުކާރު ހިންގާ ޕާޓީގެ އޮފިޝަލުންނާ މުޙާޠަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް އޭރްދޮޣާން މިއަދު ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ކަނޑައަޅާ ހާމަކޮށްފައިވާ ގަވައިދުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓައިފިނަމަ، ރަމަޟާން މަސް ނިމުމަށްފަހު އަންނަ ފިޠުރު އީދުގެ ނިޔަލަށް ތުރުކީ އާންމު ހާލަތައް ރުޖޫޢަވެވިދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. ރައީސް އޭރްދޮޣާންވަނީ ކޯވިޑް-19 އަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއާއި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ކާރިސާގެ ގޮތުގައި ސިފަކުރައްވާފައެވެ.
ތުރުކީގައި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، ހަފްތާ ބަންދުތަކުގައި ކަރފިއު އިއުލާނުކޮށްފައިވާއިރު، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، 20 އަހަރުން ދަށުގެ މީހުން ގެއިން ނުކުތުން ވަނީ މަނާކޮށްފައެވެ. އޭގެއިތުރުން ތުރުކީގެ ސަރުކާރުން ވަނީ ސްކޫލްތައް ބަންދުކޮށް، ގައުމުން ބޭރަށް ކުރާ ދަތުރުތައް މެދުކަނޑާލާފެއެވެ. ހަމައެއާއިއެކު، ގިނަ މީހުން އެއްތާކަށް އެއްވެ އުޅުން މަނާކޮށް، މިސްކިތްތަކުގައި ބޮޑު ޖަމާޢަތް ހަދައިގެން ނަމާދުކުރުންވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ.
83 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީ ވިލާތުން މިހާތަނަށް 95،591 މީހަކަށް ވައިރަސް ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު، އެގައުމުން މަރުވި މީހުންގެ އަދަދު ކަމަށް ރިޕޯޓުކޮށްފައިވަނީ 2،259 އެވެ.

ކިޔުންތެރިންގެ ހިޔާލު