އިންޑިއާގެ ޓްރިވެންޑުރަމުން 12.5 ޓަނުގެ މުދާ ހިފައިގެން މޯލްޑިވިއަންގެ ފްލައިޓެއް ރާއްޖެ އަތުވެއްޖެއެވެ.
މޯލްޑިވިއަނުން ބުނީ، ޓްރިވެންޑުރަމުން 11357 ކިލޯގެ މުދާ ހިފައިގެން އައި އެ އެއާލައިންގެ ކާގޯ ފްލައިޓްގައި ގެނައީ ތަރުކާރީ އާއި މޭވާ ކަމަށާއި، އެ ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ކަމަށެވެ. އަދި އިތުރު މުދާ ޝިޕްމަންޓެއް މިރޭ ޗެންނާއީން ރާއްޖެ ގެންނާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.
ކޯވިޑް-19 އާ ގުޅިގެން އާންމު އުސޫލުން މުދާ ގެނައުމުގައި ދަތިތަކެއް ދިމާވާން ފެށުމުން ރާއްޖެއަށް ގެންނަންޖެހޭ ކާގޯ މިހާރު ގެންނަނީ މޯލްޑިވިއަންގެ ކާގޯ ޕްލައިޓްތަކުގައެވެ.
މޯލްޑިވިއަނުން އަންނަނީ ބެންކޮކް, ދުބާއީ، ކޮލޮމްބޯ، ޓްރިވެންޑްރަމް އަދި ޗެންނާއީއަށް ވެސް ޚާއްޞަ ކާގޯ ދަތުރުތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު